ރަނުގެ ފުރުސަތެއް! ބައިލައްކަ ރުފިޔާއަށްވުރެ ބޮޑު މުސާރައާއެކު ސިއްހީ ހިދުމަތުން ފުރުސަތު ހުޅުވާލައިފި

ހުސައިން އިސްމާއިލް | 1 ދުވަސް ކުރިން - 18 އޭޕްރިލް 2025 10:49
އައި.ޖީ.އެމް.އެޗް ގެ ޑޮކްޓަރުންތަކެއް: ސަރުކާރުން ޑޮކްޓަރުންނާއި ނަރުހުންހުން ބޭނުންވެގެން އިއުލާން ކޮށްފި.
އައި.ޖީ.އެމް.އެޗް ގެ ޑޮކްޓަރުންތަކެއް: ސަރުކާރުން ޑޮކްޓަރުންނާއި ނަރުހުންހުން ބޭނުންވެގެން އިއުލާން ކޮށްފި.
ޚުލާސާ

40 ސްޕެޝަލިސްޓް ޑޮކްޓަރުން ހޯދަނީ 8 ދާއިރާއަކުން. އޭގެތެރޭގައި ކުޑަކުދިންގެ ބަލިތަކާއި، އަންހެނުންނާބެހޭ ބަލިތަކާއި، ލޮލުގެ ޑޮކްޓަރުންނާއި ހޭނައްތާ ޑޮކްޓަރުން ވެސް ހިމެނޭ.

510000 ރުފިޔާގެ މުސާރައާއެކު ސްޕެޝަލިސްޓް ޑޮކްޓަރުން ހޯދުމަށް ސަރުކާރުން އިޢުލާން ކޮށްފިއެވެ.

ހެލްތް މިނިސްޓްރީން ބުނީ 40 ސްޕެޝަލިސްޓް ޑޮކްޓަރުންނާއި 70 ބިދޭސީ ނަރުހުން ބޭނުންވާ ކަމަށާއި، މި މަޤާމުތަކަށް މީހުން ހޯދަނީ އެ މިނިސްޓްރީގެ ދަށުން ހިންގާ ހޮސްޕިޓަލްތަކާއި ޞިއްޙީ މަރުކަޒުތަކަށެވެ.

40 ސްޕެޝަލިސްޓް ޑޮކްޓަރުން ހޯދަނީ 8 ދާއިރާއަކުންނެވެ. މީގެ ތެރޭގައި ހިމެނެނީ ކުޑަކުދިންގެ ބަލިތަކަށް ޚާއްޞަ ޑޮކްޓަރުން، އަންހެނުންގެ ބަލިތަކަށް ޚާއްޞަ ޑޮކްޓަރުން، ސަރޖަރީއަށް ޚާއްޞަ ޑޮކްޓަރުން، ލޮލުގެ ބަލިތަކަށް ޚާއްޞަ ޑޮކްޓަރުން، ފިޒީޝަނުން، ކަށީގެ ބަލިތަކަށް ޚާއްޞަ ޑޮކްޓަރުން، ރޭޑިއޮލޮޖިސްޓުން އަދި ހަދި ހޭނެއްތުމަށް ޚާއްޞަ ޑޮކްޓަރުންނެވެ.

ސްޕެޝަލިސްޓް ޑޮކްޓަރުންގެ އަސާސީ މުސާރައަކީ 30,990 ރުފިޔާ ކަމަށާއި، އެލަވަންސްތަކާއެކު، އިތުރުގަޑި ނުހިމަނައި، ޖުމްލަ މުސާރައަކީ 51,000 ރުފިޔާ ކަމަށް މިނިސްޓްރީން ހާމަކޮށްފައިވެއެވެ. މި މަޤާމުތަކަށް ކުރިމަތިލާ ފަރާތްތަކުގައި މަދުވެގެން އެއް އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ހުންނަންވާނެއެވެ.

ނަރުހުންގެ މަޤާމަށް ކުރިމަތިލާ ފަރާތްތަކުގައި ޑިގްރީއެއް އޮތުމާއެކު، މިޑްވައިފް ނުވަތަ ސައިކޭޓްރީ ދާއިރާއިން މަދުވެގެން ދެ އަހަރުގެ މަސައްކަތުގެ ތަޖުރިބާ ހުރުން ލާޒިމުކުރެއެވެ. ނަރުހުންގެ އަސާސީ މުސާރައަކީ 9,060 ރުފިޔާއެވެ.

ހެލްތް މިނިސްޓްރީން އިތުރަށް ހާމަކޮށްފައިވަނީ، މި މަޤާމުތަކަށް ބޭނުންވާ ވަރަށް ދިވެހިން ނުލިބުމުގެ ސަބަބުން ބިދޭސީ ޑޮކްޓަރުން ހޯދުމަށް އިޢުލާނުކުރަން ޖެހުނު ކަމަށެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%