މާލޭގެ ހެންވޭރުގައި ހުރި ޢިމާރާތެއްގެ ފުރާޅުމަތީގައި ވެއްޓިފައި އޮތް އަންހެނަކަށް އައިޖީއެމް ހޮސްޕިޓަލްގައި ފަރުވާދެމުން އެބަދެއެވެ.
ފުލުހުން ބުނީ 21 އަހަރުގެ ޒުވާން އަންހެންމީހާ ހޮސްޕިޓަލަށް ގެންދިޔައީ ސިފައިންގެ ފަޔަރ އެންޑް ރެސްކިއު ޑިޕާޓްމެންޓުގެ އެހީތެރިކަމާއެކުގައެވެ.
ސޯޝަލްމީޑިއާގައިހުރި ބައެއް ޕޯސްޓުތަކުން އެނގޭގޮތުގައި އެ ޒުވާނާ ވެއްޓިފައިވާ ކަމަށް ބެލެވެނީ ނުވަވަނަ ފަންގިފިލާއިންނެވެ.
މިކަމާބެހޭ އިތުރު ތަފްސީލެއް ފުލުހުންވެސް ދީފައި ނުވާއިރު، ހާދިސާ ދަނީ ތަހްގީގު ކުރަމުންނެވެ.
މީގެކުރިން 2007 ވަނަ އަހަރު ވެސް ހެންވޭރުގައި ހުރި އިމާރާތެއްގެ ކުޑަދޮރުން ޒުވާން އަންހެނަކު ވައްޓާލާފައިވާކަން ފާހަގަކުރެވެއެވެ.
އެ ހާދިސާގައި ނިޔާވީ އަމީނިއްޔާ ސްކޫލްގައި ކިޔަވަމުންދިޔަ ހ. ދަގަނޑުތަޅާގޭ މިޒްނާ ނަމަކަށްކިޔާ ކުއްޖެކެވެ.