ޤައުމެއްގެ ގޮތުގައި ދެމިތިބެވޭނީ ތަރިކަ ހިމާޔަތްކޮށްގެން: ރައީސް

ހުސައިން އިސްމާއިލް | 1 ދުވަސް ކުރިން - 18 އޭޕްރިލް 2025 13:37
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު. / ފޮޓޯ: ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު. / ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

ޤައުމިއްޔަތުގެ އެއް ބަހާއަކީ ކާބަފައިން ވާރުތަކޮށްދިން އާސާރުތައް ކަމަށާއި، ގައުމެއްގެ ގޮތުގައި ދެމިތިބެވޭނީ ތާރީޚީ ތަރިކަތަކާއި އާސާރުތައް ހިމާޔަތްކޮށްގެން ކަމަށް ރައީސް ވިދާޅުވި.

ޤައުމެއްގެ ގޮތުގައި ދެމިތިބެވޭނީ ތާރީޚީ ތަރިކަތަކާއި އާސާރުތައް ހިމާޔަތްކޮށްގެންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ދުނިޔޭގެ ތަރިކައިގެ ދުވަހުގެ މުނާސަބާގައި ސޯޝަލް މީޑިޔާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ޤައުމިއްޔަތުގެ އެއް ބަހާއަކީ ކާބަފައިން ވާރުތަކޮށްދިން އާސާރުތައް ކަމަށެވެ.

ދިވެހި ރައްޔިތުންނަށް ރައީސް އިލްތިމާސްކުރައްވާފައިވަނީ އަޅުގަނޑުމެންގެ ތާރީޚީ ތަރިކަތަކާއި އާސާރުތައް ހިމާޔަތްކޮށް ރައްކާތެރިކުރުމަށެވެ. މިއީ ޤައުމީ ވާޖިބެއްގެ ގޮތުގައި ދެކި، އެންމެން ގުޅިގެން މަސައްކަތްކުރުމަށެވ.ެ

ދުނިޔޭގެ ތަރިކައިގެ ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެ އޭޕްރީލް 18 ގައެވެ. މި ދުވަސް ފާހަގަކުރަން ޔުނެސްކޯއިން ނިންމީ 1983 ވަނަ އަހަރު ބޭއްވި 22 ވަނަ ޖެނެރަލް އެސެންބްލީގައެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%