ހޮސްޕިޓަލަށް ގެންދިޔައިރުވެސް ރިޝްދާން ވަނީ ނިޔާވެފަ

ހުސައިން އިސްމާއިލް | 1 ދުވަސް ކުރިން - 17 އޭޕްރިލް 2025 18:39
ރ. އަލިފުށީ، އަބަދަށްހިޔާގެ، އަބްދުﷲ ރިޝްދާން (27)
ރ. އަލިފުށީ، އަބަދަށްހިޔާގެ، އަބްދުﷲ ރިޝްދާން (27)
ޚުލާސާ

ފުލުހުން ބުނީ އެ ޒުވާނާ ހޮސްޕިޓަލަށް ގެންދިޔައީ ކޮންޓްރަކްޝަން ސައިޓެއްގައި މަސައްކަތް ކުރަން ހުއްޓާ ހަބަރު ހުސްވެގެން.

މިއަދު ފުވައްމުލަކު ކޮންސްޓްރަކްޝަން ސައިޓެއްގައި މަރުވި ޒުވާނާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް ވަނީ ނިޔާވެފައި ކަމަށާއި އޭނާގެ މޫނުމަތީގައި އަނިޔާގެ ނިޝާނެއް ހުރި ކަމަށް ފުލުހުން ބުނެފިއެވެ.

މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ މަރުވީ ރ. އަލިފުށީ، އަބަދަށްހިޔާގެ، އަބްދުﷲ ރިޝްދާން (27) ކަމަށެވެ.

ފުލުހުން ބުނީ އެ ޒުވާނާ ހޮސްޕިޓަލަށް ގެންދިޔައީ ކޮންޓްރަކްޝަން ސައިޓެއްގައި މަސައްކަތް ކުރަން ހުއްޓާ ހަބަރު ހުސްވެގެންނެވެ.

ފުވައްމުލަކުން ވާހަކަދެއްކި މީހަކު ބުނީ “އެނގިފައިވާ ގޮތުގައި އެކުއްޖާގެ ގައިގައި ކަރަންޓުޖެހުނީ”އެވެ.

ފުލުހުން ދަނީ މި މައްސަލަ ތަޙްޤީޤު ކުރަމުންނެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%