މެއި ތިނެއްގައި ރައީސުލްޖުމްހޫރިއްޔާ ނޫސްވެރިންނާއި ބައްދުލުކުރައްވަނީ

އައިޝަތު ރުވާ ރިފްޢަތު | 1 ދުވަސް ކުރިން - 17 އޭޕްރިލް 2025 14:28
"ރައްޔިތުންނާ އެކު" ނަމުގައި ކުރިއަށް ގެންދަވާ ސިލްސިލާ ޕޮޑްކާސްޓްގެ 4 ވަނަ އެޕިސޯޑްގައި ރައީސް ވާހަކަފުޅު ދައްކަވަނީ/ ފޮޓޯ: ރައީސް އޮފީސް
"ރައްޔިތުންނާ އެކު" ނަމުގައި ކުރިއަށް ގެންދަވާ ސިލްސިލާ ޕޮޑްކާސްޓްގެ 4 ވަނަ އެޕިސޯޑްގައި ރައީސް ވާހަކަފުޅު ދައްކަވަނީ/ ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

ބައިނަލްއަޤްވާމީ ފެންވަރުގައި ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހާ ދިމާކޮށް ބޭއްވޭ ނޫސް ކޮންފަރެންސްގައި ކޮންމެ ބާވަތެއްގެ ސުވާލަކަށްވެސް ޖަވާބު ދެއްވުމަށް ތައްޔާރަށް ހުންނަވާނެ ކަމަށް ރައީސް ވިދާޅުވި.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، އަންނަ މެއި މަހުގެ 3 ވަނަ ދުވަހު ނޫސްވެރިންނާއި ބައްދަލުކުރައްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ. މި ކަން ރައީސް ހާމަކުރެއްވީ "ރައްޔިތުންނާ އެކު" ނަމުގައި ކުރިއަށް ގެންދަވާ ސިލްސިލާ ޕޮޑްކާސްޓްގެ 4 ވަނަ އެޕިސޯޑްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މެއި މަހުގެ 3 ވަނަ ދުވަހަކީ ބައިނަލްއަޤްވާމީ ފެންވަރުގައި ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަސް ފާހަގަކުރާ ދުވަހެވެ. މި ދުވަހާއި ދިމާކޮށް ބޭއްވޭ ނޫސް ކޮންފަރެންސްގައި ކޮންމެ ބާވަތެއްގެ ސުވާލަކަށް ވެސް ޖަވާބު ދެއްވުމަށް ތައްޔާރަށް ހުންނަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ނޫސްވެރިންނަށް މިހާރުން ފެށިގެން މި ބައްދަލުވުމަށް ތައްޔާރުވުމަށް އެމަނިކުފާނު ދަޢުވަތު ދެއްވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ، ޓީވީ ސްޓޭޝަނަކުން ދަޢުވަތު ދެއްވައިފިނަމަ، އެ ސްޓޭޝަނެއްގެ ޕްރޮގްރާމެއްގައި ބައިވެރިވެވަޑައިގެން ސުވާލުތަކަށް ޖަވާބު ދެއްވުމަށްވެސް ތައްޔާރަށް ހުންނެވި ކަމަށެވެ. ނަމަވެސް، ގިނަ ވަގުތު ހޭދަކުރައްވަނީ މަސައްކަތުގެ ތެރޭގައި ކަމަށާއި، ވަގުތު ލިބޭ މިންވަރަކުން މަޢުލޫމާތު ހިއްސާކުރެއްވުމާ ގުޅުންހުރި ކަންކަމަށް ވަގުތު ހުސްކުރައްވާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ރައީސް މުޢިއްޒުގެ ސަރުކާރުން ވަނީ ރައްޔިތުންނާއި ގާތުން މަޢުލޫމާތު ހިއްސާކުރެއްވުމަށް ޚާއްޞަ އިސްކަމެއް ދެއްވާފައެވެ. މިގޮތުން، އެކި ވުޒާރާތަކުން ސިލްސިލާކޮށް ނޫސްވެރިންގެ ބައްދަލުވުންތައް ބާއްވަމުން ގެންދެއެވެ. އަދި ރައީސް އަމިއްލަފުޅަށް ވެސް އެކި ވަސީލަތްތަކާއި މީސްމީޑިއާގެ މަންޞަތަކުގައި މަޢުލޫމާތު ހިއްސާކުރައްވަމުން ގެންދަވައެވެ.

ފާހަގަކޮށްލެވޭ ކަމެއްގެ ގޮތުގައި، ރައީސް މުޢިއްޒު ވަނީ ފަހަކަށް އައިސް ޒުވާން ޖީލު ދުންފަތާ ދުރުކުރުމަށް އެކަށައަޅުއްވާ ޖެނެރޭޝަނަލް ބޭނާ މެދު އާންމުންގެ ޚިޔާލު ހޯއްދެވުމަށް އެމަނިކުފާނުގެ ރަސްމީ "އެކްސް" އެކައުންޓުން ޕޯލެއް ހުޅުއްވާލައްވާފައެވެ. މިއީ ރާއްޖޭގެ ތާރީޚުގައި ރައީސުލްޖުމްހޫރިއްޔާއެއް މީސްމީޑިއާ މެދުވެރިކޮށް އާންމުންގެ ޚިޔާލު ހޯއްދެވި ފުރަތަމަ ފަހަރެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%