ދެ ފަނޑިޔާރުން ވަކިކުރުމަށް ތަޙުޤީޤު ކޮމިޓީން ނިންމައިފި

ހުސައިން އިސްމާއިލް | 1 ދުވަސް ކުރިން - 18 އޭޕްރިލް 2025 13:37
މަހާޒު އަލީ ޒާހިރާއި ޑރ. އަޒްމިރަލްދާ ޒާހިރު.
މަހާޒު އަލީ ޒާހިރާއި ޑރ. އަޒްމިރަލްދާ ޒާހިރު.
ޚުލާސާ

މި ނިންމުން ނިންމާފައިވަނީ ބަންދު އަމުރަކަށް ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލައިގެ ތަޙުޤީޤު ރިޕޯޓުގަ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ކަމުގައިވާ މަހާޒު އަލީ ޒާހިރާއި ޑރ. އަޒްމިރަލްދާ ޒާހިރު ވަކިކުރުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ)ގެ ތަޙުޤީޤު ކޮމިޓީން ނިންމައިފިއެެވެ.

މި ނިންމުން ނިންމާފައިވަނީ ބަންދު އަމުރަކަށް ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލައިގެ ތަޙުޤީޤު ރިޕޯޓުގައެވެ.

މައްސަލައިގެ ތަހުގީގަށް ކަށަވަރުކުރެވުނު ގޮތުގައި އަޒްމިރަލްދާގެ ފިރިކަލުން އިސްމާއީލް ލަތީފުގެ ބަންދު އަމުރަކަށް ނުފޫޒު ފޯރުވާފައި ވެއެވެ. ފަނޑިޔާރު ހުސްނުއްސުޢޫދު ވަނީ މި މައްސަލައާ ގުޅިގެން ސަސްޕެންޑްކުރެވި، ފަހުން އިސްތިއުފާ ދީފައެެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%