ހައިކޯޓުގެ އިސް ފަނޑިޔާރުކަމަށް ފައިޞަލް އައްޔަންކުރަން ނިންމައިފި

ހުސައިން އިސްމާއިލް | 1 ދުވަސް ކުރިން - 18 އޭޕްރިލް 2025 13:18
ފަނޑިޔާރު ފައިސަލް ވަގުތީގޮތުން ހައިކޯޓާއި ހަވާލުވީ މިއަހަރުގެ މާރިޗު 19 ވަނަ ދުވަހު.
ފަނޑިޔާރު ފައިސަލް ވަގުތީގޮތުން ހައިކޯޓާއި ހަވާލުވީ މިއަހަރުގެ މާރިޗު 19 ވަނަ ދުވަހު.
ޚުލާސާ

މި މަޤާމު ހުސްވެފައިވަނީ ކުރީގެ އިސް ފަނޑިޔާރު ހުސައިން ޝަހީދު ސުޕްރީމް ކޯޓަށް ބަދަލުކުރެއްވުމާ ގުޅިގެން.

ހައިކޯޓުގެ އިސް ފަނޑިޔާރުކަމުގެ މަޤާމަށް، އެ ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު މުޙައްމަދު ފައިޞަލް އައްޔަންކުރުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.

މި މަޤާމު ހުސްވެފައިވަނީ ކުރީގެ އިސް ފަނޑިޔާރު ހުސައިން ޝަހީދު ސުޕްރީމް ކޯޓަށް ބަދަލުކުރެއްވުމާ ގުޅިގެންނެވެ. އެއަށްފަހު ފަނޑިޔާރު ފައިޞަލް ވަނީ މި މަޤާމު ވަގުތީގޮތުން ފުރުއްވަމްވަމުން ގެންދަވާފައެވެ.

އަލްއުސްތާޛު މުޙައްމަދު ފައިޞަލްއަކީ ދިވެހިރާއްޖޭގެ ކޮލެޖް އޮފް އިސްލާމިކް ސްޓަޑީޒްއިން ޝަރީޢަތާއި ޤާނޫނީ ދާއިރާއިން ފުރަތަމަ ޑިގްރީ ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ. 2012 އިން ފެށިގެން ޤާނޫނީ ދާއިރާގައި މަސައްކަތްކުރައްވާއިރު 2014 ގައި ޖޭއެސްސީގެ މެންބަރުކަމާއި ނައިބު ރައީސްކަން ކުރައްވާފައިވެއެވެ.

މީގެއިތުރުން 2018 ގެ ޖުލައި 24 ވަނަ ދުވަހު ހައިކޯޓުގެ ފަނޑިޔާރުކަމަށް ޢައްޔަނުކުރެވުނެވެ.

ވަގުތީގޮތުން އޭނާ ހައިކޯޓާއި ހަވާލުވީ މިއަހަރުގެ މާރިޗު 19 ގައެވެ.

ދިވެހިރާއްޖޭގެ ހައިކޯޓަކީ ދަށު ކޯޓުތަކާއި ޓްރައިބިއުނަލްތަކުގެ ނިންމުންތައް އިސްތިއުނާފުކުރެވޭ ކޯޓެވެ. އަދި ޤާނޫނުއަސާސީ ނުވަތަ ޤާނޫނެއްގައި ފުރަތަމަ މަރުޙަލާގެ ކޯޓުގެ ގޮތުގައި ހައިކޯޓު ކަނޑައަޅާފައިވާ މައްސަލަތައްވެސް ބަލާ ކޯޓެކެވެ.

ރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ ދަށުން ހައިކޯޓު އެކުލެވިގެންވަނީ އިސްފަނޑިޔާރާއެކު 11 ފަނޑިޔާރުންގެ މައްޗަށެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%