މަސްތުވާތަކެތީގެ ފަރުވާ ހޯދާ މީހުންނަށް އެހީވުމަށް ފުރުޞަތު ހުޅުވާލައިފި

އާނާ ފަހީމް | 1 ދުވަސް ކުރިން - 17 އޭޕްރިލް 2025 11:46
ސަރުކާރުން ދަނީ މަސްތުވާތަކެތިން އަރައިގަތުމަށް ދެވޭ ފަރުވާގެ ނިޒާމު އިތުރަށް ހަރުދަނާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުން / ފޮޓޯ: ޚުލާސާ
ސަރުކާރުން ދަނީ މަސްތުވާތަކެތިން އަރައިގަތުމަށް ދެވޭ ފަރުވާގެ ނިޒާމު އިތުރަށް ހަރުދަނާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުން / ފޮޓޯ: ޚުލާސާ
ޚުލާސާ

އެންޑީއޭއިން މަސްތުވާތަކެތީގެ ވަބާއިން އަރައިގަނެފައިވާ 30 މީހުންނަށް، ފަރުވާ ހޯދަމުންދާ މީހުންނަށް އެހީތެރިވުމުގެ ފުރުޞަތު ހުޅުވާލައި މި ފުރުޞަތަށް ކުރިމަތިލާ ފަރާތްތަކުގެ ޝަރުތުތައް އެންޑީއޭއިން އިއުލާންކޮށްފި.

ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) އިން މަސްތުވާތަކެތީގެ ވަބާއިން އަރައިގަނެފައިވާ މީހުން، ފަރުވާ ހޯދަމުންދާ މީހުންނަށް އެހީތެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މި ފުރުޞަތުގެ ދަށުން، ޑްރަގް ރީހެބިލިޓޭޝަން ސެންޓަރުތަކުގައި ފަރުވާ ދެމުންދާ ޤައިދީންނަށް މަގު ދައްކައިދީ، އެހީތެރިކަން ފޯރުކޮށްދިނުމަށް ހިލޭސާބަހަށް މަސައްކަތްކުރެވޭނެއެވެ.

އެންޑީއޭއިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މި ފުރުޞަތު 30 މީހުންނަށް ދިނުމަށް ވަނީ ނިންމާފައެވެ. މި ފުރުޞަތަށް ކުރިމަތިލާ ފަރާތްތަކުގެ ޝަރުތުތަކުގެ ތެރޭގައި ގްރޭޑް 7 ނިންމާފައިވުމާއި، މަސްތުވާތަކެތީގެ ފަރުވާއެއް ފުރިހަމަކޮށް މަސްތުން ސާފުވެފައިވާ މީހަކަށްވުން ހިމެނެއެވެ.

މި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން ސީވީއާއެކު ސިޓީއެއް އެންޑީއޭގެ މެއިލްއަށް ހުށަހެޅުމަށް ވަނީ އަންގަވާފައެވެ. މި ފުރުޞަތު ހުޅުވާލާފައިވަނީ އެންޑީއޭގެ އިތުރުން، ހިންމަފުށި، ހުޅުމާލެ، ސ. ހުޅުދޫ، ގދ. ތިނަދޫ، ސ. ހިތަދޫ އަދި ޏ. ފުވައްމުލަކުގައި ޤާއިމުކޮށްފައިވާ ޑްރަގް ރީހެބިލިޓޭޝަން އަދި ޑިޓޮކްސިފިކޭޝަން ސެންޓަރުތަކަށެވެ.

ސަރުކާރުން ދަނީ މަސްތުވާތަކެތިން އަރައިގަތުމަށް ދެވޭ ފަރުވާގެ ނިޒާމު އިތުރަށް ހަރުދަނާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން، ފަރުވާ ފުރިހަމަކުރުމަށްފަހު އަނބުރާ މުޖުތަމަޢަށް ނުކުންނަ މީހުންނަކީ ދީނީ ގޮތުން އަޚުލާޤު ރަނގަޅު ބައެއްކަން ކަށަވަރުކުރެވޭނެ ގޮތަށް ފަރުވާ ބައްޓަންކޮށްފައިވާކައިވާކަމަށް ނޭޝަނަލް ޑްރަގް އެޖެންސީން މައުލޫމާތުދީފައިވެއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%