"ހަސަން ކުރުސީ" އެކައުންޓަކީ ރާއްޖޭގެ ކުރީގެ ސިޔާސީ އިސް ލީޑަރެއްގެ އެކައުންޓެއް: ރަޝިޔާ

އައިޝަތު ރުވާ ރިފްޢަތު | 2 ދުވަސް ކުރިން - 16 އޭޕްރިލް 2025 14:31
ލަންކާގައި ހުންނަ ރަޝިއާގެ ސަފީރު (ވ) ވިދާޅުވީ ރައީސް ނަޝީދު ޔުކްރޭނަށް ތާއީދުކޮށް ރަޝިއާއާއި ރާއްޖެއާއި ދެމެދު މަސްލަހަތު ގޯސްކުރަން މަސައްކަތް ކުރައްވާ ކަމަށް.
ލަންކާގައި ހުންނަ ރަޝިއާގެ ސަފީރު (ވ) ވިދާޅުވީ ރައީސް ނަޝީދު ޔުކްރޭނަށް ތާއީދުކޮށް ރަޝިއާއާއި ރާއްޖެއާއި ދެމެދު މަސްލަހަތު ގޯސްކުރަން މަސައްކަތް ކުރައްވާ ކަމަށް.
ޚުލާސާ

އެ އެކައުންޓުން ދައްކާ ވާހަކަތަކުން ދެ ގައުމުގެ ގުޅުމަށް އަސަރު ކުރިޔަ ނުދޭނެ ކަމުގެ ޔަގީން ސަފީރު ވަނީ ދެއްވާފައި.

އެކްސްގައި ކާކުކަން ނޭނގޭ ގޮތަށް ހިންގާ "ހަސަން ކުރުސީ" އެކައުންޓަކީ ރާއްޖޭގެ ކުރީގެ ސިޔާސީ އިސް ލީޑަރަކު ހިންގާ އެކައުންޓެއް ކަމަށް ރަޝިއާއިން ބުނެފިއެވެ.

ރަޝިއާއިން ލަންކާއާއި ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ލިވަން ޖަރުކަ ވިދާޅުވީ، އެކްސްގައި ހަސަން ކުރުސީ ނަމުގައި ހިންގާ އެކައުންޓަކީ ޔޫރަޕްގެ ގައުމެއްގައި ފިލައިގެން އުޅޭ ކުރީގެ ދިވެހި ސިޔާސީ އިސް ލީޑަރެއް ހިންގާ އެކައުންޓެއް ކަމަށެވެ.

ސަފީރު މިފަދައިން ވިދާޅުވެފައިވަނީ ކުރުސީ އެކައުންޓުން ރާއްޖެއާއި ރަޝިއާއާ ދެމެދު އޮތް ގުޅުން ހީނަރުކުރަން މަސައްކަތްކުރާކަން ފާހަގަކުރައްވަމުންނެވެ. އަދި އެ އެކައުންޓުން ދައްކާ ވާހަކަތަކުން ދެ ގައުމުގެ ގުޅުމަށް އަސަރު ކުރިޔަ ނުދޭނެ ކަމުގެ ޔަގީންކަން ވެސް ސަފީރު ދެއްވިއެވެ.

އެގޮތުން، ކުރުސީ އެކައުންޓުން ވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު މެދުވެރިކޮށް ޗިޕުތަކެއް ރަޝިއާއަށް ގެންދިޔަކަމަށް ތުހުމަތުކޮށްފައެވެ. އެ ވާހަކަ އެ އެކައުންޓުން ދެއްކީ ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ އެމެރިކާ ސަފީރަށް އިޝާރާތްކޮށެވެ.

ސަފީރު ޖަރުކަ އިތުރަށް ވިދާޅުވީ، ރާއްޖޭގެ ހީނަރުވެފައިވާ މާލީ ހާލަތު ރަނގަޅުކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ގިނަ ފިޔަވަޅުތަކެއް އަޅުއްވާ ކަމަށާއި ރަޝިއާއިން ރާއްޖެއަށް ޒިޔާރަތްކުރާ އެތައް ހާސް ފަތުރުވެރިންނަކީ އެ ކަމަށް ވަރަށް ބޮޑަށް އެހީވާ ކަމެއްކަން ފާހަގަކުރެއްވިއެވެ.

ކުރުސީ އެކައުންޓު އުފެއްދީ އޮކްޓޯބަރު 2022 ގައެވެ. އެ އެކައުންޓުން އަންނަނީ ސަރުކާރާއި ސިޔާސީ އެކިއެކި ބޭފުޅުންނަށް ފާޑުކިޔައި، ކޮރަޕްޝަންގެ ތުހުމަތުތައް ކުރަމުންނެވެ.

އެ އެކައުންޓުގެ މައްސަލަ ބޮޑުވެ، އޮގަސްޓް 2023 ގައި އެއީ ކާކުކަން ހޯދަން ފުލުހުން ކްރިމިނަލް ކޯޓު މެދުވެރިކޮށް އަމުރެއް ވެސް ނެރުނެވެ. އެކަމަކު، އަދިވެސް އެއީ ކާކުކަން ރަސްމީކޮށް ހޯދިފައެއް ނުވެއެވެ. ބައެއްފަރާތްތަކުން އެއީ ޕްރޮފެސަރު އުގެއިލްގެ ކުރީގެ އަނބިކަނބަލުން އެޑްމިންކަން ކުރަމުންދާ އެކައުންޓެއް ކަމަށްވެސް ތުހުމަގު ކުރިއެވެ. ސަބަބަކީ އިނގިރޭސީވިލާތުގައި އޮތް ޕާޓީއެއްގައި ފޯނު ފޮރުވައިގެން އުޅުނު ހަމައެކަނި މީހަކީ އޭނާ ކަމަށް ވާތީއެވެ.

ގިނަމީހުން ތުހުމަތުކުރަމުންދަނީ އެއީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ހިންގާ އެކައުންޓެއް ކަމަށެވެ. ނަމަވެސް ނަޝީދު ވަނީ އެ އެކައުންޓުގެ ވެރިފަރާތް ހޯދަން ބޭނުންވާ ކަމަށް ބުނެ ފުލުހަށް މައްސަލަ ހުށަހަޅާފައިކަން ފާހަގަ ކުރެވެއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%