އިމްޕޯޓް އެކްސްޕޯޓުން ދައުލަތަށް 350 މިލިޔަން ރުފިޔާ ލިބިއްޖެ

އައިޝަތު ރުވާ ރިފްޢަތު | 2 ދުވަސް ކުރިން - 15 އޭޕްރިލް 2025 14:26
މާލެ ވިޔަފާރި ބަދަރު
މާލެ ވިޔަފާރި ބަދަރު
ޚުލާސާ

ސްޓަމްސްއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުގައި 2025 ވަނަ އަހަރުގެ މާރިޗު މަހު ރާއްޖެއަށް އެތެރެކޮށްފައިވާ މުދަލުގެ އަގު 4.4 ބިލިޔަން ރުފިޔާއަށް އަރައިފައިވޭ.

މިދިޔަ މަހު އިމްޕޯޓް އެކްސްޕޯޓުން ދައުލަތަށް 350 މިލިޔަން ރުފިޔާ ލިބިފައިވާކަމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މިއީ 2024 ވަނަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 9 އިންސައްތައިގެ އިތުރުވުމެކެވެ.

ކަސްޓަމްސްއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުގައި 2025 ވަނަ އަހަރުގެ މާރިޗު މަހު ރާއްޖެއަށް އެތެރެކޮށްފައިވާ މުދަލުގެ އަގު 4.4 ބިލިޔަން ރުފިޔާއަށް އަރައެވެ. މިއީ 2024 ވަނަ އަހަރުގެ މާރިޗު މަހާ އެއްވަރުގެ އަދަދެކެވެ.

އެގޮތުން، ރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކޮށްފައިވަނީ ޔޫ.އޭ.އީ، އިންޑިއާ، ޗައިނާ، ސިންގަޕޫރު އަދި ސްރީލަންކާއިންނެވެ. މި ޤައުމުތަކުން ރާއްޖެއަށް އެންމެ ގިނައިން އެތެރެކޮށްފައިވަނީ ކާބޯތަކެތީގެ ބާވަތްތަކާއި، ތެލުގެ ބާވަތްތަކާއި، މެޝިނަރީ އަދި އިލެކްޓްރިކް ސާމާނެވެ.

އެކްސްޕޯޓުގެ ދާއިރާއަށް ބަލާއިރު، މިދިޔަ މަހު ރާއްޖެއިން 204 މިލިޔަން ރުފިޔާގެ މުދާ އެކްސްޕޯޓްކޮށްފައިވެއެވެ. މިއީ 2024 ވަނަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 65 އިންސައްތައިގެ އިތުރުވުމެކެވެ. ރާއްޖެއިން އެންމެ ގިނައިން މުދާ އެކްސްޕޯޓްކޮށްފައިވަނީ ތައިލޭންޑް، އިނގިރޭސިވިލާތް، ވިއެޓްނާމް، ބަންގްލަދޭޝް އަދި ޖަރުމަންވިލާތަށެވެ.

އެކްސްޕޯޓުކުރެވުނު މުދަލުގެ ތެރެއިން އެންމެ ބޮޑު ހިއްސާއެއް ކުރަނީ މަހުގެ ބާވަތްތަކެވެ. ޚާއްޞަކޮށް ކަޅުބިލަމަހުން އުފައްދާފައިވާ މަސްދަޅު އެކްސްޕޯޓުކޮށްގެން 46 މިލިޔަން ރުފިޔާ ލިބިފައިވެއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%