ނ. ވެލިދޫގައި ޑަޔަލިސިސްގެ ހިދުމަތް މިއަދު ފަށައިފި އެވެ.
ވެލިދޫގައި މި ހިދުމަތް ފެށުމަށް އެ ރަށު ސިއްހީ މަރުކަޒުގައި ވަނީ މިކަމަށް ބޭނުންވާ ހުރިހާ ވަސީލަތެއް ގާއިމްކޮށްފަ އެވެ.
މި ސަރުކާރުގެ އަމާޒަކީ މި ފަސް އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ޑަޔަލިސިސްގެ ހިދުމަތް ފެށުމެވެ. އަދި މި އަހަރު އިތުރު 9 ރަށެއްގައި މި ހިދުމަތް ފެށުމަށް ނިންމާފައިވެ އެވެ.
މި ހިދުމަތް ދެން އެންމެ އަވަހަށް ފަށާނީ ތ. ވޭމަންޑޫގައި ހުންނަ އެ އަތޮޅު ހޮސްޕިޓަލުގައި ކަމަށް ހެލްތު މިނިސްޓްރީން ކުރިން ބުނެފައިވެ އެވެ.
ޑަޔަލިސިސްގެ ހިދުމަތް އެންމެ ފަހުން ފެށީ ހއ. އިހަވަންދޫގަ އެވެ. މިހާރު މި ހިދުމަތް ނުފެށި ހުރި އަތޮޅުތަކަކީ ތ. އަތޮޅުގެ އިތުރުން އއ، އދ، ވ، މ، ފ އަދި ދ. އަތޮޅެވެ.