ހުޅުމާލޭގައި ޕާކުކޮށްފައި އޮއްވާ ވަގަށް ނެގި ކާރެއް ފުލުހުން ހޯދައިފި

އަހްމަދު އީޒާން | 2 ދުވަސް ކުރިން - 15 އޭޕްރިލް 2025 13:53
ފުލުހަކު މާލޭގެ މަގެއްގެ ޓްރެފިކް ބަލަހައްޓަނީ / ފޮޓޯ: ޚުލާސާ
ފުލުހަކު މާލޭގެ މަގެއްގެ ޓްރެފިކް ބަލަހައްޓަނީ / ފޮޓޯ: ޚުލާސާ
ޚުލާސާ

ފުލުހުން މިއަދު ބުނީ އެ ކާރު ހޯދައި މިހާރު އޭގެ ވެރިފަރާތާ ހަވާލުކޮށްފައިވާ ކަމަށް.

ހުޅުމާލޭގައި ޕާކުކޮށްފައި އޮއްވައި ވަގަށް ނެގި ކާރެއް ފުލުހުން އިއްޔެ ހޯދައިފި އެވެ.

ފުލުހުން މިއަދު ބުނީ އެ ކާރު ހޯދައި މިހާރު އޭގެ ވެރިފަރާތާ ހަވާލުކޮށްފައިވާ ކަމަށެވެ.

މި މަހުގެ 13ވަނަ ދުވަހުގެ 23:50 ހާކަށްހާއިރު ހުޅުމާލެ ފިތުރޯނު މަގުގައި ކާރު ޕާކުކުރުމަށް ފަހު، 01:15 ހާއިރު ކާރަށް އަރަން ދިޔައިރު، ޕާކުކުރި ތަނުގައި ކާރު ނެތް ކަމަށާއި ކާރު ތެރޭގައި ތަޅުދަނޑި (ރިމޯޓު) ބޭއްވިފައިވާ ކަމަށް ބުނެ އެ މައްސަލަ ފުލުހުންނަށް ހުށަހެޅީ ރޭގައި ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ މި މައްސަލައާއި ގުޅިގެން ސީސީޓީވީ ކެމެރާ ފުޓޭޖު ބެލިބެލުމުން، އަންހެނަކާއި ފިރިހެނަކު އެ ކާރަށް އަރައިގެންދާ މަންޒަރު ފެނިފައިވާ ކަމަށެވެ. އަދި ކާރު އޮތް ސަރަހައްދު ދެނެގަނެ ފުލުހުން އެ ސަރަހައްދަށް ގޮސް ބެލިބެލުމުން ކާރުގައި އެއްވެސް މީހަކު ނެތްކަން އެނގިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ކާރުގެ ވެރިފަރާތް އެ ސަރަހައްދަށް ހާޒިރުކޮށް، ވެރިފަރާތުގެ ހާޒިރުގައި ކާރު ޗެކުކުރި އިރު, ކާރަށް އެއްވެސް ގެއްލުމެއް ލިބިފައިނުވާ ކަމާއި ކާރު ތެރޭގައި ބާއްވާފައި އޮތް ރިމޯޓު ނެތްކަން އެނގިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލައާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވެ އެވެ.

ފުލުހުން ބުނީ މި މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%