އައިޖީއެމްއެޗްގެ ޑޮކްޓަރުންގެ ޓީމެއް ތިނަދޫ ސިޓީގައި ބަލާގޮތަށް ހަމަޖެހިއްޖެ

އަައިޝަތު ޒީނާ | 6 ދުވަސް ކުރިން - 12 އޭޕްރިލް 2025 07:47
ތިނަދޫ ސިޓީގެ ޑރ. އަބްދުލް ސަމަދު މެމޯރިއަލް ހޮސްޕިޓަލް.
ތިނަދޫ ސިޓީގެ ޑރ. އަބްދުލް ސަމަދު މެމޯރިއަލް ހޮސްޕިޓަލް.
ޚުލާސާ

މިމަހުގެ 24 އިން 26 ކުރިއަށް ގެންދާ މި ކޭމްޕްގައި ރާއްޖޭގައި ތިއްބެވި ތަޖުރިބާކާރު 8 ޑޮކްޓަރުންގެ ޓީމެއް ބައިވެރިވާނެ ކަމަށް ޞިއްޙީ ވުޒާރާއިން ބުނި.

އޮޕަރޭޝަން ބަލިތަކަށް ޚާއްޞަ، އައިޖީއެމްއެޗްގެ ޑޮކްޓަރުންގެ ޓީމެއް ތިނަދޫ ސިޓީގެ ޑރ. އަބްދުލް ސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ބަލާގޮތަށް ހަމަޖެހިއްޖެއެވެ.

މި ކޭމްޕަކީ ރައްޔިތުންނާއި ގާތުން ޞިއްޙީ ޚީދުމަތް ފޯރުކޮށްދިނުމަށް ހިންގާ އައުޓްރީޗް ޕްރޮގްރާމްގެ ދަށުން ކުރިއަށްގެންދާ ކޭމްޕެއް ކަމަށް ޞިއްޙީ ވުޒާރާއިން ބުންޏެވެ.

މިމަހުގެ 24 އިން 26 ކުރިއަށް ގެންދާ މި ކޭމްޕްގައި ރާއްޖޭގައި ތިއްބެވި މިދާއިރާގެ ތަޖުރިބާކާރު 8 ޑޮކްޓަރުންގެ ޓީމެއް ބައިވެރިވާނެ ކަމަށް ވުޒާރާއިން ބުންޏެވެ.

ޑޮކްޓަރުންގެ ޓީމް

  1. ގޮހޮރުގެ އަދި ބެރިއަޓްރިކް ސާރޖަރީގެ ޚާއްޞަ ޑޮކްޓަރ އާއިޝަތު އަޒުނާ.
  2. އާއްމު އަދި ލެޕްރސްކޯޕިކް ސާރޖަރީގެ ޚާއްޞަ ޑޮކްޓަރ، އަބްދުﷲ ޢުބައިދު.
  3. ޕްލާސްޓިކް އަދި ރިކޮންސްޓްރަކްޝަން އަދި އެޑްވާންސް ވޫންޑް ކެއަރ ގެ ޚާއްޞަ ޑޮކްޓަރ މުހައްމަދު ވަހީދު.
  4. އާއްމު އޮޕަރޭޝަން އަދި އެޑްވާންސް ވޫންޑް ކެއަރ އަށް ޚާއްޞަ ޑޮކްޓަރ އިބްރާހީމް އާދިލް.
  5. ކެންސަރުގެ އޮޕަރޭޝަންތަކަށް ޚާއްޞަ ޑޮކްޓަރ، މުހައްމަދު ޝިފާން.
  6. ސިކުނޑިއާއި ނާރުގެ އޮޕަރޭޝަންތަކުގެ ޚާއްޞަ ޑޮކްޓަރު އަލީ އާފީ.
  7. ކުޑަކަމުދާ ނިޒާމުގެ އޮޕަރޭޝަންތަކުގެ ޚާއްޞަ ޑޮކްޓަރ އަބްދުﷲ އަދްޡަރު.
  8. ހޭނެއްތުމާއި ނުފިލާ ހުންނަ ތަދުތަކުގެ ޚާއްޞަ ޑޮކްޓަރ އަސްއަދު މުހައްމަދު ޝަހީދު.

މި ޓީމުން ހިންގުމަށް ހަމަޖެހިފައިވާ ހަރަކާތްތަކުގެ ތެރޭގައި އޯޕީޑީގައި ބަލިމީހުން ބަލައި ފަރުވާކުރުމާއި ޑޮކްޓަރުންނާއި ނަރުހުންނަށް ތަމްރީން ދިނުމުގެ އިތުރުން އެކި އޮޕަރޭޝަންތައް ކުރުން ހިމެނެއެވެ.

މި ޓީމުގެ ޑޮކްޓަރުންނަށް ދެއްކުމަށް މިހާރު ވަނީ އެޕޮއިންޓްމަންޓް ހެދުމުގެ ފުރުޞަތު ހުޅުވާލާފައެވެ.

މިއީ ޞިއްޙީ ވުޒާރާއާއި އަދި އައިޖީއެމްއެޗް ގުޅިގެން ކުރިއަށް ގެންދާ ކޭމްޕެކެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

1 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%