ރޯދަމަހު އިމާމުވެ ތަރާވީޙް ނަމާދުކުރި ޒުވާން ޙާފިޡުންނާއި އިމާމުންގެ އަގުވަޒަންކޮށްފި

އަައިޝަތު ޒީނާ | 7 ދުވަސް ކުރިން - 10 އޭޕްރިލް 2025 00:23
ރޯދަމަހު އިމާމުވެ ތަރާވީޙް ނަމާދުކުރި ޒުވާން ޙާފިޡުންނާއި އިމާމުންގެ އަގުވަޒަންކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން. / ފޮޓޯ: ވުޒާރާ
ރޯދަމަހު އިމާމުވެ ތަރާވީޙް ނަމާދުކުރި ޒުވާން ޙާފިޡުންނާއި އިމާމުންގެ އަގުވަޒަންކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން. / ފޮޓޯ: ވުޒާރާ
ޚުލާސާ

މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ އިމާމުންނާއި ޙާފިޡުންނަށް ހަނދާނީ ލިޔުން ދެއްވީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު.

ނިިމިދިޔަ ރަމަޟާން މަހު މާލެ ސިޓީގެ މިސްކިތްތަކުގައި އިމާމުވެ ތަރާވީޙު ނަމާދު ކުރި ޒުވާން އިމާމުންނާއި ޙާފިޡުންގެ އަގުވަޒަންކުރުމުގެ ގޮތުން ޚާއްސަ ރަސްމިއްޔާތެއް ބާއްވައިފިއެވެ.

އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބޭއްވި މި ރަސްމިއްޔާތުގައި ވަނީ އިމާމުންނާއި ޙާފިޡުންގެ އަގުވަޒަންކޮށް ހަނދާނީ ލިޔުމެއް އަރުވާފައެވެ.

މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ އިމާމުންނާއި ޙާފިޡުންނަށް ހަނދާނީ ލިޔުން ދެއްވީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދުއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވަޒީރު ވަނީ، ޒުވާން އިމާމުންނާއި ޙާފިޡުން ކުރި މަސައްކަތް ފާހަގަކޮށް ޝުކުރު އަދާކުރައްވާ އަދި ހިތްވަރު ދެއްވާފައެވެ. އަދި މި ރޮނގުން ކުރިއަށް ދިއުމަށް ގިނަ ނަސޭޙަތްތަކެއް ވަޒީރު ވަނީ ދެއްވާފައެވެ.

މި ރަސްމިއްޔާތުގައި ވުޒާރާގެ އިސްވެރިންވެސް ވަނީ ބައިވެރިވެލައްވާފައެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%