ވޭޕުގައި މަސްތުވާާތަކެތި ވިއްކާ ދެބެން ހައްޔަރުކޮށްފި

ހުސައިން އިސްމާއިލް | 1 ދުވަސް ކުރިން - 18 އޭޕްރިލް 2025 13:17
މަސްތުވާާތަކެތި ވިއްކާ މައްސަލައިގައި ހައްޔަރުކުރި ދެބެން / ފޮޓޯ: ޕޮލިސް
މަސްތުވާާތަކެތި ވިއްކާ މައްސަލައިގައި ހައްޔަރުކުރި ދެބެން / ފޮޓޯ: ޕޮލިސް
ޚުލާސާ

ފެނުނު ތަކެތީގެ ތެރޭގައި ވޭޕް، ފްލޭވާ ފުޅިތައް އަދި ވީޑް ގްރައިންޑާ ނުވަތަަ ގަންޖާ ފަތް މުގުރާ އެއްޗެއް އަދި މަސްތުވާ އެއްޗެހި.

ހުޅުމާލޭގައި ހިންގި ޚާއްޞަ މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި، ވޭޕް މެދުވެރިކޮށް މަސްތުވާތަކެތި ވިއްކާ ކަމަށް ތުހުމަތުކުރެވޭ ދެބެއެއް ފުލުހުން ހައްޔަރުކޮށްފއެިވެ.

ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ހުޅުމާލޭ ސްޕެޝަލް އެންފޯސްމަންޓް ޓީމާއި ހުޅުމާލެ ފޭސް 1 އިންވެސްޓިގޭޝަން ގުޅިގެން ހިންގި މި އޮޕަރޭޝަނުގައި ހައްޔަރުކުރީ، ރާއިފު ޔޫސުފް (28 އަހަރު، މ. އަލިހަވާ، ކ. މާލެ) އާއި ރާއިގު ޔޫސުފް (28) އެވެ

ބަލައިފާސްކޮށް ފުލުހުން ހޯދިތަކެތި.

ކޯ.ޓު .އަމުރެ އްގެ ދަށުން އެމީހުން ހުޅުމާ އުޅޭ ހުޅުމާާލޭގެ އެޕާޓްމަންޓެއް ބަލައި ފާސްކުރުމުން ފުލުހުންނަށް އަތުލެވުނު ތަކެތީގެ ތެރޭގައި ވޭޕް، ފްލޭވާ ފުޅިތައް އަދި ވީޑް ގްރައިންޑާ ނުވަތަަ ގަންޖާ ފަތް މުގުރާ އެއްޗެއް ފެނިފައިވެއެވެ. މީގެއިތުރުން މަސްތުވާ އެއްޗެއް އަޅާފައިހުރި ކުޑަ ދެޕެކެޓް ފެނިފައިވެއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%