"އަހާ" ފޯރަމްގައި ވަޒީރުންނާ ސުވާލުކުރުމުގެ ފުރުޞަތު ހުޅުވާލައިފި

އަައިޝަތު ޒީނާ | 7 ދުވަސް ކުރިން - 10 އޭޕްރިލް 2025 23:19
24 އެޕްރީލް ވާ ބުރާސްފަތި ދުވަހުގެ ރޭ އޮންނަ "އަހާ" ފޯރަމްގައި ބައިވެރިވެވަޑައިގަންނަވާ ވަޒީރުން.
24 އެޕްރީލް ވާ ބުރާސްފަތި ދުވަހުގެ ރޭ އޮންނަ "އަހާ" ފޯރަމްގައި ބައިވެރިވެވަޑައިގަންނަވާ ވަޒީރުން.
ޚުލާސާ

އެސްއެމްއެސް މެދުވެރިކޮށް ސުވާލު ފޮނުވާނީ AH ޖެހުމަށްފަހު، ހުސްތަންކޮޅެއް ދޫކޮށް، ކުރަން ބޭނުންވާ ސުވާލު ލިޔުމަށްފަހު 300 އަށް.

ދެން އޮންނަ "އަހާ" ފޯރަމްގައި ވަޒީރުންނާ ސުވާލުކުރުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

އަހާ" ފޯރަމަކީ ސަރުކާރުން ކުރިއަށްގެންދާ މަސައްކަތްތަކާއި ގުޅޭ މަޢުލޫމާތު ހިއްސާކޮށް، އެކަންކަމާއި ގުޅޭގޮތުން ރައްޔިތުން ކުރަން ބޭނުންވާ ސުވާލުތަކަށް ޖަވާބު ދިނުމަށް ބާއްވާ ފޯރަމެކެވެ. މި ފޯރަމްގެ ދެން އޮންނަ ބުރު ބޭއްވުމަށް ހަމަޖެހިފައިވަނީ 24 އެޕްރީލް ވާ ބުރާސްފަތި ދުވަހުގެ ރޭ 21:00 ގައި ޓީވީއެމް ސްޓޫޑިއޯގައެވެ.

މި ފޯރަމްގައި ބައިވެރިވެވަޑައިގަންނަވާ ވަޒީރުންނަކީ:

  1. ދާޚިލީ ސަލާމަތާއި ފަންނިއްޔަތާ ބެހޭ ވަޒީރު އަލީ އިހުސާން.
  2. ބަންޑާރަނައިބު އަހުމަދު އުޝާމް.
  3. ތަޢުލީމީ ވަޒީރު ޑރ އިސްމާއިލް ޝަފީޢު.
  4. ދިވެހިބަހާއި ސަޤާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހިމް.
  5. ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވަޒީރު ޑރ. މަރިޔަމް މާރިޔާ.

ފޯރަމްގައި ބައިވެރިވެ ސުވާލުކުރުމުގެ ފުރުޞަތު ޢާންމުކޮށް ހުޅުވާލާފައިވާއިރު، ފޯރަމް އޮންނަ ތަނަށް ގޮސް ސުވާލުކުރުމުގެ އިތުރުން، ފޯނުން ގުޅައިގެންނާއި އެސްއެމްއެސްގެ ޒަރީޢާއިން އަދި ސޯޝަލް މީޑިއާ މެދުވެރިކޮށް ވެސް ފޯރަމަށް ސުވާލު ފޮނުވޭނެ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ.

އެސްއެމްއެސް މެދުވެރިކޮށް ސުވާލު ފޮނުވާނީ AH ޖެހުމަށްފަހު، ހުސްތަންކޮޅެއް ދޫކޮށް، ކުރަން ބޭނުންވާ ސުވާލު ލިޔުމަށްފަހު 300 އަށެވެ.

މި ފޯރަމްއަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ޕީއެސްއެމް ގުޅިގެން ބާއްވާ ފޯރަމްއެކެވެ. މި ފޯރަމްގެ ސަބަބުން ރައްޔިތުންނަށް ސަރުކާރުގެ މަސައްކަތްތަކާއި ބެހޭ މަޢުލޫމާތު ސީދާ ވަޒީރުންގެ އަރިހުން ލިބި، އެ ބޭފުޅުންނާ ސުވާލުކުރުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%