ސިޔާސީ ޕާޓީތަކަށް 2025 ވަނަ އަހަރުގެ ބަޖެޓުން 27 މިލިއަން ރުފިޔާ ބަހާފައިވާކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ.
އީސީން މިއަދު ވަނީ 2025 ވަނަ އަހަރުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް ދޫކޮށްފައިވާ ފައިސާގެ ތަފްޞީލު ހާމަކޮށްފައެވެ. އެގޮތުން އީސީގައި ރަޖިސްޓްރީކޮށްފައިވާ ސިޔާސީ ޕާޓީތަކުގެ ތެރެއިން 2025 ވަނަ އަހަރުގެ ބަޖެޓު ރައްޔިތުންގެ މަޖިލީހުން ފާސްކުރި ދުވަހާ ހަމައަށް 10،000 މެންބަރުން ހަމަވި ސިޔާސީ ޕާޓީތަކަށް މިއަހަރުގެ ދައުލަތުގެ ބަޖެޓުގެ އާމްދަނީން ސިޔާސީ ޕާޓީތަކަށް ދޫކޮށްފައިވަނީ 27،981،256 ރުފިޔާކަމަށް އީސީން ބުންޏެވެ.
ސިޔާސީ ޕާޓީތަކަށް ދޫކުރި ފައިސާގެ ތަފްޞީލް
- ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) - 8،454،780.51 ރުފިޔާ
- އަދާލަތު ޕާޓީ (އޭޕީ) - 1،713،538.65 ރުފިޔާ
- ޖުމްހޫރީ ޕާޓީ (ޖޭޕީ) - 2،656،598.57 ރުފިޔާ
- މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) - 1،769،648.69 ރުފިޔާ
- ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) - 13،316،689.57 ރުފިޔާ
އީސީން ބުނީ އެ 5 ޕާޓީއަށް ޖުމްލަ 27،911،256.00 ރުފިޔާ ބަހާފައިވާ ކަމަށާއި، އެއީ ޕާޓީތަކުން އީސީއަށް ޖޫރިމަނާގެ ގޮތުގައި ދައްކަން ޖެހޭ 70،000 ރުފިޔާ އުނިކުރުމަށްފަހު ބަހާފައިވާ ޢަދަދު ކަމަށެވެ.