ހުޅުމާލޭގައި ހިންގި އޮޕަރޭޝަނެއްގައި 8 ބިދޭސީން ހައްޔަރުކޮށްފި

އައިޝަތު ރުވާ ރިފްޢަތު | 8 ދުވަސް ކުރިން - 8 އޭޕްރިލް 2025 19:07
އިމިގްރޭޝަންގެ ޓާސްކް ފޯހުން ކުރިއަށްގެންދިޔަ އޮޕަރޭޝަނެއް/ ފޮޓޯ: އިމިގްރޭޝަން
އިމިގްރޭޝަންގެ ޓާސްކް ފޯހުން ކުރިއަށްގެންދިޔަ އޮޕަރޭޝަނެއް/ ފޮޓޯ: އިމިގްރޭޝަން
ޚުލާސާ

ރޭ ހުޅުމާލޭގައި ހިންގި އޮޕަރޭޝަނެއްގައި ބިދޭސީން ދިރިއުޅެމުންދާ ހަތަރު އެކަމަޑޭޝަން ބްލޮކެއް ބަލައިފާސްކޮށް، އަށް ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް އެއިދާރާއިން ފާހަގަކުރި.

ހުޅުމާލޭގައި ބިދޭސީން ދިރިއުޅެމުންދާ ހަތަރު އެކަމަޑޭޝަން ބްލޮކެއް ބަލައިފާސްކޮށް ގަވާއިދާ ހިލާފަށް އުޅެމުންދިޔަ އަށް ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްއިވާކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ހާމަކޮށްފިއެވެ.

އިމިގްރޭޝަނުން މިއަދު ބުނީ، ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށްޓަކައި ޓާސްކް ފޯސްއިން ކުރިއަށްގެންދާ އޮޕަރޭޝަންތަކުގެ ތެރެއިން، ރޭ ހުޅުމާލޭގައި ހިންގި އޮޕަރޭޝަނެއްގައި ބިދޭސީން ދިރިއުޅެމުންދާ ހަތަރު އެކަމަޑޭޝަން ބްލޮކެއް ބަލައިފާސްކުރެވުނު ކަމަށެވެ. މި އޮޕަރޭޝަންގައި ގަވާއިދާ ހިލާފަށް އުޅެމުންދިޔަ އަށް ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ކަމަށްވެސް އިމިގްރޭޝަނުން ބުންޏެވެ.

އިމިގްރޭޝަނުން މިއަހަރުގެ ތެރޭގައި ހިންގި ރެއިޑް އޮޕަރޭޝަންތަކުގައި ގިނަ އަދަދެއްގެ ބިދޭސީން ވަނީ ހައްޔަރުކޮށްފައެވެ. މި މައްސަލަތަކާ ގުޅިގެން ޑިޕޯޓޭޝަން ސެންޓަރުގައި ބަންދުކުރެވޭ ފަރާތްތައް އެމީހުންގެ ގައުމުތަކަށް ފޮނުވުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ.

އިމިގްރޭޝަނުން ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހާއްސަ އޮޕަރޭޝަންތައް ހިންގަމުންދާ ކަމަށް ބުނެފައެވެ. މީގެ އިތުރުން، ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން މޮނިޓަރކުރުމަށް އިމިގްރޭޝަނުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، މާލޭގެ އާންމު ތަންތަނުގައި އޮފިސަރުން އޮބްޒާވޭޝަން މަސައްކަތްތައް ވެސް މިހާރު ދަނީ ކުރިއަށް ގެންދަމުންނެވެ.

ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލައަކީ ދިވެހި ސަރުކާރުން ޚާއްޞަ ސަމާލުކަމެއް ދެމުންދާ މައްސަލައެކެވެ. މި މައްސަލަ ހައްލުކުރުމަށް ސަރުކާރުން ދަނީ އެކި ފިޔަވަޅުތައް އަޅަމުންނެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%