އައްޑޫ ލިންކު ރޯޑު ތަރައްޤީކުރުމުގެ މަސައްކަތް އާރުޑީސީއާ ހަވާލުކޮށްފި

އަހްމަދު އީޒާން | 8 ދުވަސް ކުރިން - 8 އޭޕްރިލް 2025 17:50
އައްޑޫ ލިންކު ރޯޑު އަލުން ހަދައި ތަރައްޤީކުރުމުގެ މަސައްކަތް އާރުޑީސީއާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތު / ފޮޓޯ: ކޮންސްޓްރަކްޝަން މިނިސްޓްރީ
އައްޑޫ ލިންކު ރޯޑު އަލުން ހަދައި ތަރައްޤީކުރުމުގެ މަސައްކަތް އާރުޑީސީއާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތު / ފޮޓޯ: ކޮންސްޓްރަކްޝަން މިނިސްޓްރީ
ޚުލާސާ

މި މަސައްކަތްތައް އާރުޑީސީއާ ހަވާލުކޮށްފައި ވަނީ ތިން އަހަރާއި 9 މަސްދުވަހުގެ ތެރޭގައި މަސައްކަތް ނިންމަން ޖެހޭ ގޮތަށް.

އައްޑޫ ލިންކު ރޯޑު އަލުން ހަދައި ތަރައްޤީކުރުމުގެ މަސައްކަތް އާރުޑީސީއާ މިއަދު ހަވާލުކޮށްފިއެވެ.

އައްޑޫ ލިންކު ރޯޑުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތުގެ ދަށުން މަގުތަކުގައި ތާރު އަޅައި ޒަމާނީ ފެން ހިންދާ ނިޒާމެއް ޤާއިމްކުރުމުގެ މަސައްކަތް އާރުޑީސީއާ ހަވާލުކުރީ މިއަދު ކޮންސްޓްރަކްޝަން މިނިސްޓްރީގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ.

މި އެއްބަސްވުމުގައި ކޮންސްޓްރަކްޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. އަބްދުﷲ މުއްޠަލިބެވެ. އަދިި އާރުޑީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު ބްރިގޭޑިޔާ ޖެނެރަލް (ރިޓަޔާޑް) އަލީ ޒުހައިރެވެ.

ލިންކް ރޯޑު އަލުން ހެދުމުގެ މަސައްކަތުގެ ދަށުން ޖުމްލަ 12.3 ކިލޯމީޓަރުގެ ސަރަޙައްދެއްގައި މަސައްކަތްކުރާނެ އެވެ. އަދި 67.58 ކިލޯމީޓަރުގެ ސީޓީބީ އަޅާފައިވާ މަގުތަކުގައި ތާރު އަޅާއި ދުވާރުތައް ހަދައި ފެން ހިންދާ ނިޒާމް ޤާއިމްކޮށް، ރޯޑް މާކިން އަދި ސައިން ބޯޑް ހަރުކުރުމުގެ މަސައްކަތް ކުރާނެއެވެ.

މި މަސައްކަތްތައް އާރުޑީސީއާ ހަވާލުކޮށްފައިވަނީ ތިން އަހަރާއި 9 މަސްދުވަހުގެ ތެރޭގައި މަސައްކަތް ނިންމަން ޖެހޭ ގޮތަށެވެ. އަދި މި މަސައްކަތް ކުރަނީ ދައުލަތުގެ ބަޖެޓުން 829 މިލިޔަން ރުފިޔާ ޚަރަދުކޮށްގެންނެވެ.

އައްޑޫ ލިންކް ރޯޑުގައި ތާރު އަޅައިގެން ހަދައި، އެ މަގު ބޭނުންކުރަން ފެށީ 2003 ވަނަ އަހަރު އެވެ. ނަމަވެސް، އޭގެ ފަހުން އެ މަގު އެއްވެސް ވަރަކަށް މަރާމާތު ނުކޮށް އޮތުމުގެ ސަބަބުން މިހާރު މަގު އޮތީ ވަރަށް ބޮޑަށް ހަލާކުވެފައެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%