ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ނުބޭއްވިޔަސް މާލިއްޔަތު ކޮމިޓީގެ މަސައްކަތް ކުރިޔަށް އެބަ ދެއެވެ.
ރަމަޟާން މަހުގެ ފަހު 10ގެ ބަންދާއި، އީދު ބަންދަށްފަހު މަޖިލީހުގެ މަސައްކަތްތައް ފެށީ އިއްޔެއެވެ.
އިސްރާއީލު ޕާސްޕޯޓާއި ބެހޭގޮތުން އެމްޑީޕީގެ ފަރާތުން އިއްޔެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ކުއްލި މައްސަލައެއް ހުށަހެޅުއްވިއެވެ.
ނަމަވެސް އެ މައްސަލަ އިއްޔެ ހުށަހެޅުއްވީ ގްވައިދަށް ނުފެތޭހާލުގައި ކަމަށްވާތީވެ، ބަލައިނުގަންނަން ރިޔާސަތުން ނިންމިއެވެ.
މީގެ އިތުރުން ހުޅުމާލޭ ދެކުނު ދާއިރާގެ މެންބަރު ޝަމްހީދު ހުށަހެޅި އެމްއެމްއޭގެ ފައިސާއާއި ގުޅޭ ގަރާރަކަށް ބަހުސް ކުރުން އޮތެވެ.
އެއާއެކު މިއަދު އޮތީ މާލިއްޔަތު ކޮމިޓީގެ މަސައްކަތެވެ.
އެ ކޮމިޓީގައި އެޖެންޑާކޮށްފައި އޮތީ ހުށަހެޅިފައިވާ މައްސަލަތައް ދިރާސާކުރުމެވެ.
ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީގެ މުގައްރިރަކީ މަޖިލިސް ނައިބުރައީސް އަޙްމަދު ނާޒިމެވެ. ނައިބު މުގައްރިރަކީ (ރެޑްވޭވް)ސަލީމެވެ.