މޯލްޑިވްސް އިމިގްރޭޝަންގެ ރަސްމީ މަސައްކަތު ގަޑި ސިވިލް ސާވިސް މުވައްޒަފުންގެ ރަސްމީ މަސައްކަތު ގަޑިއާ އެއްގޮތަށް މިއަދު ބަދަލުކޮށްފި އެވެ.
އިމިގްރޭޝަނުން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ މިއަދުން ފެށިގެން އެ އޮފީހުގެ ރަސްމީ މަސައްކަތު ގަޑިއަކީ ހެނދުނު 8:00 އިން ފެށިގެން މެންދުރު ފަހު 2:00 އާ ހަމައަށް ކަމަށެވެ.
މީގެ ކުރިން އެ އޮފީހުގެ ރަސްމީ މަސައްކަތު ގަޑިއަކީ ހެނދުނު 8:00 އިން ފެށިގެން ހަވީރު 4:00 އާ ހަމައަށެވެ.
މި ގެނައި ބަދަލާ އެކު އިމިގްރޭޝަންގެ ރަސްމީ މަސައްކަތު ގަޑި 8 ގަޑިއިރުން ހަ ގަޑިއިރަށް ކުޑަވާނެ އެވެ.
އިމިގްރޭޝަނުން ބުނީ އެ އޮފީހުގެ ރަސްމީ މަސައްކަތު ގަޑިއަށް ބަދަލު ގެނައި ނަމަވެސް, އާންމުންނަށް މިހާރު ވެސް ހިދުމަތް ދެމުން އަންނަ ގަޑިތަކަށް އެއްވެސް ބަދަލެއް ގެނެސްފައި ނުވާ ކަމަށެވެ.
ޕާސްޕޯޓު ހައްދަން ހުށަހެޅުމާއި ދޫކުރުމާ އަދި އެހެން ހިދުމަތްތައް ވެސް މިހާރު ދެމުން އަންނަ ގަޑިތަކުގައި ދޭނެ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.