މިދިޔަ ތިންއަހަރަށް ވުރެ މިފަހަރު ފަތުރުވެރިންގެ އަދަދު އިތުރުވެއްޖެ

ހުސައިން އިސްމާއިލް | 9 ދުވަސް ކުރިން - 7 އޭޕްރިލް 2025 23:38
ރާއްޖެއަށް ޒިޔަރަތްކުރާ ފަތުރުވެރިން ދުވަހަކަށް ވުރެ ދުވަހެއް ދަނީ އިތުރުވަމުން.
ރާއްޖެއަށް ޒިޔަރަތްކުރާ ފަތުރުވެރިން ދުވަހަކަށް ވުރެ ދުވަހެއް ދަނީ އިތުރުވަމުން.
ޚުލާސާ

ފުރަތަމަ ކުއާޓަރުގައި ރާއްޖެ އައި ފަތުރުވެރިންނަށް ބަލާއިރު މިއަހަރު 647،677، 2024ގައި 615,415 އަދި 2023ގައި 538,172 މީހުން އައިއިރު 2022ގެ މިމުއްދަތުގައި އައީ 441،434 ފަތުރުވެރިން.

މިދިޔަ ތިންއަހަރަށްވުރެ މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ރާއްޖެ އަށް އައި ފަތުރުވެރިންހެ އަދަދު އިތުރުވެއްޖެ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ޓޫރިޒަމް ތަފާސް ހިސާބުތަކުން ދައްކާ ގޮތުން މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ރާއްޖެ އައީ 647،677 ފަތުުރުވެރިންނެވެ. މިދިޔަ އަހަރު މި މުއްދަތުގައި އައީ 615،415 ފަތުރުވެރިންނެވެ. އެހެންކަމުން މިއީ މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރަށް ވުރެ ފަސް ޕަސެންޓްގެ އިތުރުވުމެކެވެ

2023 ވަނަ އަހަރު އައީ 538،172 ފަތުރުވެރިންނެވެ. 2022 ވަނަ އަހަރު މި މުއްދަތުގައި އައީ 441،434 ފަތުރުވެރިންނެވެ.

ތަފާސް ހިސާބުތައް ދައްކާ ގޮތުން ޗައިނާއިން 75،135 ފަތުރުވެރިން ރާއްޖެ އައިސްފައިވާ އިރު އެއީ ރާއްޖެ އައި ފަތުރުވެރިންގެ 11.6 ޕަސެންޓް އެވެ.

ދެވަނައިގައި 10.6 ޕަސެންޓްއާއެކު އޮތީ ރަޝިއާ މާކެޓެވެ. އެއީ 68،375 ފަތުރުވެރިން ނެވެ.

އިންޑިއާ މާކެޓުން ރާއްޖެ ޒިޔާރަތްކޮށްފައި ވަނީ 32،702 ފަތުރުވެރިން ނެވެ.

ސަރުކާރުގެ އަމާޒަކީ މި އަހަރު 2.2 މިލިއަން ފަތުރުވެރިން ރާއްޖެ ގެނައުމެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%