ޕީސީބީގެ ރައީސަށް ރުހުން ދިނުމަށް ކޮމެޓީއަށް

ހުސައިން އިސްމާއިލް | 2 ދުވަސް ކުރިން - 10:06
ގއ. ދެއްވަދޫ، ދޭލިޔާގެ މުޙައްމަދު އަނަސް. އޭނާ ކުރިން މަސައްކަތްކުރެއްވީ ފިނޭންސްގަ.
ގއ. ދެއްވަދޫ، ދޭލިޔާގެ މުޙައްމަދު އަނަސް. އޭނާ ކުރިން މަސައްކަތްކުރެއްވީ ފިނޭންސްގަ.
ޚުލާސާ

ޕީސީބީގެ ރައީސް ކަމަށް އައްޔަންކުރީ ދެއްވަދޫ ދޭލިޔާގޭ އަނަސް. ރިޔާސަތުން ވަނީ މި މައްސަލަ ދިރާސާ ކުރުމަށް މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް ކޮމިޓީއަށް ފޮނުވާފަ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގެ ރައީސް ކަމުގެ މަގާމަށް އައްޔަން ކުރައްވާފައިވާ ގއ. ދެއްވަދޫ، ދޭލިޔާގެ މުޙައްމަދު އަނަސް އަށް ރުހުން ހޯދުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ކަމާ ބެހޭ ކޮމިޓީއަށް ފޮނުވައިފިއެވެ. 

މިއަދުގެ ޖަލްސާއަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އަނަސް އަށް ރުހުން ހޯދުމަށް މަޖިލީހަށް ފޮނުއްވާފައެވެ.

ރިޔާސަތުން ވަނީ މި މައްސަލަ ދިރާސާ ކުރުމަށް މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް ކޮމިޓީއަށް ފޮނުވާފައެވެ.

ޕީސީބީގެ ރައީސް ކަމަށް އަނަސް އައްޔަން ކުރެއްވީ މިދިޔަ މާޗު މަހުގެ 13 ވަނަ ދުވަހުއެވެ. އަނަސް މި މަގާމަށް އައްޔަން ކުރައްވާފައި މިވަނީ މި މަގާމުގައި ކުރިން ހުންނެވި ހަމްދީ އަގީލް މަގާމުން ވަކިކުރައްވާފައި ވާތީއެވެ. ޕީސީބީއަކީ ސަރުކާރުގެ ކުންފުނިތަކުގެ ބޯޑުތަކަށް މެންބަރުން އައްޔަންކުރުމުގެ އިތުރުން، އެ ކުންފުނިތަކުގެ އިސްވެރިން ވަކިކުރުމާއި އައްޔަންކުރުމުގެ ބާރު ލިބިގެންވާ މުހިންމު އިދާރާއެކެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%