މާލެއަށް ބޯކޮށް ވާރޭ ވެހި ގުގުރަން ފަށައިފި

އައިޝަތު ރުވާ ރިފްޢަތު | 8 ދުވަސް ކުރިން - 9 އޭޕްރިލް 2025 10:35
މާލެއަށް ވާރޭ ވެހެނީ - ފޮޓޯ: ޚުލާސާ، ރުވާ ރިފްޢަތު
މާލެއަށް ވާރޭ ވެހެނީ - ފޮޓޯ: ޚުލާސާ، ރުވާ ރިފްޢަތު
ޚުލާސާ

މެޓް އޮފީހުން ވަނީ ކ. އަތޮޅުން ފެށިގެން ގއ. އަތޮޅާއި ހަމަޔަށް ހުދު ސަމާލު ނެރެފައި. އަދި މޫސުމަށް ސަމާލުވާން އެ އިދާރާއިން އިލްތިމާސްކުރޭ.

މިއަދު ހެނދުނު 10:30 ހާއިރުން ފެށިގެން މާލެއަށް ބޯކޮށް ވާރޭ ވެހި ގުގުރަން ފަށައިފިއެވެ.

މެޓު އޮފީހުން މީގެ ކުޑައިރުކޮޅެއް ކުރިން ބުނެފައިވަނީ މިއަދު 9:30 އިން ފެށިގެން 15:30 އަށް ކ. އަތޮޅުން ފެށިގެން ގއ. އަތޮޅަށް ބޯކޮށް ވާރޭ ވެހުމާއެކު ގުގުރާނެ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

މޫސުމަށް ސަމާލުވާން އެދި އެ އިދާރާއިން ވަނީ ހުދު ސަމާލުވެސް ނެރެފައެވެ. ފާއިތުވި 24 ގަޑިއިރަށް ބަލާއިރު އެންމެ ބޯކޮށް ވާރޭ ވެހިފައިވަނީ ލ. ކައްދޫއަށެވެ. މެޓް އޮފީހުގެ ތަފާސްހިސާބުތައް ދައްކާގޮތުން ފާއިތުވި 24 ގަޑިއިރު ލ. ކައްދޫއަށް 159.5 މިލިމީޓަރުގެ ވާރޭ ވަނީ ވެހިފައިވެއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%