ތެލަސީމިއާ ސެންޓަރަށް ޑިރެކްޓަރ ޖެނެރަލެއް ހޯދުމަށް އިޢުލާން ކޮށްފި

ހުސައިން އިސްމާއިލް | 8 ދުވަސް ކުރިން - 9 އޭޕްރިލް 2025 11:45
ތެލަސީމިއާ ކުދިންނަށް އިތުރު ފަރުވާގެ ޚިދުމަތު ދިނުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުން.
ތެލަސީމިއާ ކުދިންނަށް އިތުރު ފަރުވާގެ ޚިދުމަތު ދިނުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުން.
ޚުލާސާ

މޯލްޑިވިއަން ބްލަޑް ސަރވިސަސް އަށް ފަންނީ ޑިރެކްޓަރ ޖެނެރަލެއް ހަމަޖެއްސުމަށް އިޢުލާންކޮށްފި. މިކަމުގައި އިޖުރާއަތްތަކެއް ހުރޭ. މިއީ ވަގުތުވެސް ނަގާ ކަމެއް.

ތެލެސީމިއާ ކޮންޓްރޯލް ކުރުމުގެ ގާނޫނާއި ހަރުކަށި އުސޫލުތަކާ އެއްގޮތަށް ޑިރެކްޓަރ ޖެނެރަލަކު ހޯދުމަށް މޯލްޑިވިއަން ބްލަޑް ސާވިސަސް (އެމްބީއެސް) އިން މިއަދު އިއުލާންކޮށްފި އެވެ.

އެމްބީއެސްގެ އިސްވެރިއަކަށް މިވަގުތު ހުންނެވީ ތަޖުރިބާކާރު ސިވިލް ސާވިސްގެ އެހެން އިދާރާއަކުން ބަދަލުވެވަޑައިގެންނެވި އަހުމަދު މައުސޫމެވެ.

ތެލަސީމިއާ ކޮންޓްރޯލް ކުރުމުގެ ގާނޫނުގައި ޑިރެކްޓަރު ޖެނެރަލްގެ ކިބައިގައި ލޭގެ ހިދުމަތާ ގުޅޭ ވަކި ފަންނީ ކޮލިފިކޭޝަންތަކެއް ހުންނަން ލާޒިމްކޮށްފައިވެ އެވެ.

މިއަދު ކުރި އިޢުލާނުގައިވާ ޝަތުތުތަކުގެ ތެރޭގައި:

1. މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 10 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 04 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. އެ މުއްދަތުގެ ތެރެއިން މަދުވެގެން 2 އަހަރު ދުވަހު ހިންގުމުގެ ދާއިރާއެއްގައި މަސައްކަތްކޮށްފައިވުން.

ނުވަތަ

2. މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 8 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. އެ މުއްދަތުގެ ތެރެއިން މަދުވެގެން 2 އަހަރު ދުވަހު ހިންގުމުގެ ދާއިރާއެއްގައ މަސައްކަތްކޮށްފައިވުން ލާޒިމްކޮށްފައި ވެއެވެ.

https://www.gazette.gov.mv/iulaan/334552

ތެލެސީމިއާ ސެންޓަރުން މިއަދު ޑިރެކްޓަރ ޖެނެރަލެއް ހޯދުމަށް އިޢުލާން ކޮށްފައިވާއިރު، ތެލަސީމިއާ ބަލިމީހުންނަށްދޭ ސިއްހީ ފަރުވާގެ ހިދުމަތްތައް އިތުރުކުރުމަށް ރައީސް ޑރ.މުޙައްމަދު މުއިއްޒު ވަނީ ތެލެސީމިއާ ފަރުވާއަށް ޚާއްޞަ ހޮސްޕިޓަލެއް އުފެއްދުމަށް ރުހުން ދެއްވާފައެވެ. މީގެ އިތުރުން ތެލެސީމިއާ ބަލިމީހުންނަށް ހިލޭ ބޯންމެރޯ ޓްރާންސްޕްލާންޓް ކުރުމަށް މަގުފަހިކޮށްދިނުމާއި ހިދުމަތްތައް ފުޅާކުރުމަށް އެމަނިކުފާނު ގެންދަވަނީ މަސައްކަތް ކުރައްވަމުންކަން ފާހަގަ ކުރެވެއެވެ.

މިއާއެކުވެސް، ތެލެސީމިއާ ޤާނޫނުގައި ބުނާ ފަދައިން މޯލްޑިވިއަން ބްލަޑް ސަރވިސަސް އަށް ފަންނީ ޑިރެކްޓަރ ޖެނެރަލެއް ހަމަޖެއްސަންޖެހޭއިރު، މިއީ ވަކި އިޖުރާއާތުތަކަކާއި އިޞޫލުތަކެއްގެ ތެރެއިން ޤާނޫނާ އެއްގޮތަށް ފުރިހަމަކުރަންޖެހޭ ކަމެކެވެ. އަދި މިއީ ވަގުތު ހޭދަވާ އިޖުރާއާތެއްވެސް މެއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%