ރައީސްގެ ވަޢުދާއި އެއްގޮތަށް ބޮޑުތަކުރުފާނުމަގު ހަދަނީ، މަސައްކަތް އެމްޓީސީސީއަށް

އަހްމަދު އީޒާން | 8 ދުވަސް ކުރިން - 9 އޭޕްރިލް 2025 16:32
ބޮޑުތަކުރުފާނު މަގުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތު / ފޮޓޯ: ކޮންސްޓްރަކްޝަން މިނިސްޓްރީ
ބޮޑުތަކުރުފާނު މަގުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތު / ފޮޓޯ: ކޮންސްޓްރަކްޝަން މިނިސްޓްރީ
ޚުލާސާ

ބޮޑުތަކުރުފާނު މަގުގެ އުތުރުފަރާތު މަގު ފުޅާކޮށް، ކޮޅަކަށް ދެ ލޭނު ހިމެނޭހެން އެންމެ ޒަމާނީ ފެންވަރަށް އެ މަގު މި އަހަރު ތަރައްގީކުރައްވާނެ ކަމަށް ރައީސް ވިދާޅުވި.

މާލޭގެ ބޮޑުތަކުރުފާނު މަގުގެ އުތުރުފަރާތުން، ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން ލޯކަލް މާރުކޭޓާ ހިސާބަށް ތާރުއަޅައިގެން ޒަމާނީ ފެންވަރަށް އެ މަގު ހަދަން ސަރުކާރުން އެމްޓީސީސީއާ މިއަދު ހަވާލުކޮށްފި އެވެ. 

މާލެ ބޮޑުތަކުރުފާނު މަގުގެ އުތުރު ސަރަހައްދު ހަތަރު ލޭނަށް ބަދަލުކޮށް، ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް އެމްޓީސީސީއާ ހަވާލުކުރީ ކޮންސްޓްރަކްޝަން މިނިސްޓްރީން މިއަދު ބޭއްވި ރަސްމިއްޔާތެއްގަ އެވެ.

ބޮޑުތަކުރުފާނު މަގުގެ އުތުރުފަރާތު މަގު ފުޅާކޮށް، ކޮޅަކަށް ދެ ލޭނު ހިމެނޭހެން އެންމެ ޒަމާނީ ފެންވަރަށް އެ މަގު މި އަހަރު ތަރައްގީކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާންކުރެއްވީ މިދިޔަ ފެބުރުއަރީ މަހުގެ 27 ވަނަ ދުވަހު އެވެ،

މި މަޝްރޫއުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު ޑީސީޕީ (ރިޓަޔާޑް) އަހްމަދު ސައުދީ އެވެ.

އެމްޓީސީސީއާ މި މަސައްކަތް ހަވާލުކުރީ އެއް އަހަރާއި ދެ މަސްދުވަހުގެ ތެރޭގައި މަސައްކަތް ނިންމަން ޖެހޭ ގޮތަށެވެ. މި މަޝްރޫއަށް ދައުލަތުގެ ބަޖެޓުން 144.5 މިލިޔަން ރުފިޔާ ހަރަދުކުރާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.

މި މަޝްރޫއުގައި ތަރައްގީކުރުމަށް ހަމަޖެހިފައި ވަނީ ހުޅުމާލޭ ނުވަތަ ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން ލޯކަލް މާރުކޭޓާ ހަމައަށް، 830 މީޓަރުގެ ސަރަހައްދުގައި ތާރުއަޅައިގެންނެވެ. މި މަޝްރޫއުގެ ދަށުން މަގު ފުޅާކުރާއިރު، ކީވޯލް ބޭރަށް ޖެއްސުމުގެ މަސައްކަތާއި ދުވާރުތައް ހެދުމާއި ފެން ހިންދާ ނިޒާމް ގާއިމްކުރުމުގެ މަސައްކަތާއި މަގުމަތީގެ ފާހަގަތަކާއި ނިޝާންތައް ހަރުކުރުމުގެ މަސައްކަތް ވެސް ކުރާނެ އެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 1 ކޮމެންޓް

0%
0%
0%
0%
0%

މައުލޫފް

8 ދުވަސް ކުރިން - 17:05

ީ ޗައިނާ އިން ހަދަނީ ކޮންމަގެއް؟