މޯލްޑިވްސް ޓްރާންސްޕޮޓޭޝަން ސޭފްޓީ އިދާރާ އުފައްދައިފި

ހުސައިން އިސްމާއިލް | 8 ދުވަސް ކުރިން - 9 އޭޕްރިލް 2025 15:54
ރައީސް މުޢިއްޒު ލިޔުމެއްގައި ސޮއި ކުރައްވަނީ: އެއްގަމާއި ކަނޑާއި ވައިގެ ސަރަޙައްދުގައި ހިނގާ ކަންކަން ތަޙްޤީޤް ކުރުމަށް އިއްޔެ ވަނީ އިދާރާއެއް އުފައްދަވާފަ.
ރައީސް މުޢިއްޒު ލިޔުމެއްގައި ސޮއި ކުރައްވަނީ: އެއްގަމާއި ކަނޑާއި ވައިގެ ސަރަޙައްދުގައި ހިނގާ ކަންކަން ތަޙްޤީޤް ކުރުމަށް އިއްޔެ ވަނީ އިދާރާއެއް އުފައްދަވާފަ.
ޚުލާސާ

މި އިދާރާ އުފެއްދި މައިގަނޑު ސަބަބަކީ ރާއްޖޭގެ އެއްގަމާއި، ކަނޑާއި މަދަނީ ވައިގެ ދަތުރުފަތުރުގެ ދާއިރާގައި ދިމާވާ އެކިއެކި ހާދިސާތަކާއި އެކްސިޑެންޓްތައް ތަޙުޤީޤު ކުރުމަށް.

އެއްގަމާއި ކަނޑު ދަތުރުކުރާ އުޅަނދުފަހަރުތަކަށް އިންތިހާއަށް ސޭފްޓީ ބޭނުންވެފައިވާ ދަނޑިވަޅެއްގައި، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް މޯލްޑިވްސް ޓްރާންސްޕޮޓޭޝަން ސޭފްޓީ ބޯޑުގެ ނަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު އިދާރާއެއް އުފައްދައިފިއެވެ.

މިއީ މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންގެ ދަށުން ހިނގަމުންދާ ތަނެއްގެ ގޮތުގައި ވަނީ ހަމަޖައްސަވާފައެވެ.

ރައީސް އޮފީހުން ވިދާޅުވީ މޯލްޑިވްސް ޓްރާންސްޕޮޓޭޝަން ސޭފްޓީ ބޯޑު ގާއިމުކުރެއްވީ، ރާއްޖޭގެ ދަތުރުފަތުރުގެ ދާއިރާގެ ސަލާމަތާއި ރައްކާތެރިކަން އިތުރަށް ހަރުދަނާކުރުމަށްޓަކައި ރާއްޖޭގެ އެއްގަމާއި، ކަނޑާއި މަދަނީ ވައިގެ ދަތުރުފަތުރުގެ ދާއިރާގައި ދިމާވާ އެކިއެކި ހާދިސާތަކާއި އެކްސިޑެންޓްތައް ތަޙުޤީޤު ކުރުމަށް ސަރުކާރުގެ ވަކި އިދާރާއެއް ހުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެއްކަމަށް ރައީސްއަށް ފެނިވަޑައިގަންނަވާތީ އެވެ.

ދައުލަތުގެ އިދާރާތަކުން ލިޔާ ސިޓީތަކުގައި ނަންބަރު ޖެހުމުގައި، މޯލްޑިވްސް ޓްރާންސްޕޮޓޭޝަން ސޭފްޓީ ބޯޑަށް ލިޔާ ސިޓީގައި ޖަހާނީ 501 ކަމުގައިވެސް ވަނީ ކަނޑައަޅާފައެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%