ތަޢުލީމީ ދާއިރާއިން ޤައުމުގެ މުސްތަޤްބަލް އުޖާލާކުރުމަށް އެންމެން ގުޅިގެން މަސައްކަތް ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ. އެމަނިކުފާނު މި އިލްތިމާސް ކުރެއްވީ ދިރާސީ އައު އަހަރުގެ ކިޔެވުން ފެށުމާ ގުޅިގެން މިއަދު ފޮނުއްވެވި ޚިޠާބުގައެވެ.
ޤުރުއާނާ ހަވާލާދީ، ޢިލްމުގެ މުޤައްދަސް އަގުގެ ހެއްކެއްގެ ގޮތުގައި ކިޔެވުމަށް އިލާހީ އަމުރުފުޅަށް އަލިއަޅުވާލައްވަމުން ވިދާޅުވީ. ޖިއޮގްރަފިކް ލޮކޭޝަނަކަށް ބެލުމެއްނެތި އެއްވެސް ކުއްޖަކު ތައުލީމުގެ ފުރުސަތުތަކުން މަހުރޫމް ނުކުރައްވާނެ ކަމަށާއި އެ ހުރަސްތައް ނައްތާލައްވާނެ ކަމަށެވެ.
މިގޮތުން ކުރިއަށްއޮތް ދުވަސްތަކުގައިވެސް އެއްވެސް ރަށެއްގައި ހުރި އެއްވެސް ކުއްޖަކު ބާކީވިޔަ ނުދީ ތަޢުލީމު ދިނުމުގެ ޙައްޤު ހަމަހަމަކަމާއެކުއެކު ފޯރުކޮށްދިނުމަށް ސަރުކާރުގެ ލަޔާޤަތާއި ޤާބިލިއްޔަތު ތަންދިން އެންމެ މަތީ މިންވަރަކަށް ސަރުކާރުން މަސައްކަތްކުރަމުން ގެންދާނެކަމުގެ ޔަޤީންކަން ރައްޔިތުންނަށް އެމަނިކުފާނު ދެއްވާފައިވެއެވެ.
ތައުލީމީ ދާއިރާގެ ޓީޗަރުންނާއި ޚިދުމަތްދޭ ފަރާތްތަކުން އިޚްލާޞްތެރިކަމާއެކު ޚިދުމަތް ކުރުމަށް އިލްތިމާސް ކުރެއްވިއިރު، ދަރިންނަށް މަގުދައްކައިދިނުމުގައި ބެލެނިވެރިން ސަމާލުވުމަށް ވެސް ރައީސް އިލްތިމާސްކުރެއްވިއެވެ.