ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ) ގެ ޑިރެކްޓަރުންގެ ބޯޑުން މުހައްމަދު ވަހީދު ވަކިކޮށްފި ކަމަށް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) ން ބުނެފިއެވެ.
ޕީސީބީން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ އެޗްޑީސީގެ ޑިރެކްޓަރުގެ މަގާމުން ވަހީދު ވަކިކޮށްފައިވާ ކަމަށެވެ. ނަމަވެސް ސަބަބެއް ބަޔާނެއް ނުކުރެއެވެ.
ބިންވެރިޔާ ސްކީމުގެ ދަށުން ހިންގާފައިވާ ކޮރަޕްޝަނާއި ހިޔާނާތުގެ މައްސަލައިގައި އޭނާ ބޯޑުން ސަސްޕެންޑުކޮށް، ޕާސްޕޯޓު ހިފެހެއްޓިއެވެ. ނަމަވެސް މިހާރު އެ މައްސަލައިގައި ހިމެނޭ އެންމެންގެ ޕާސްޕޯޓުތައް ވަނީ ތަހުގީގަށް ބޭނުންވާ މައުލޫމާތުތައް ނެގުމަށްފަހު ދޫކޮށްލާފައެވެ.
އެޗްޑީސީގެ ޚިޔާނާތުގެ މައްސަލަ ކުރީގެ ހައުސިންގ މިނިސްޓްރީ އާއިވެސް ވަރަށް ބޮޑަށް ގުޅިފައި އޮތެވެ. އެކަމުގެ މޭސްތިރިޔަކީ އަކްރަމް ކަމާލުއްދީން ކަމަށް ވަރަށް ގިނަ ފަރާތްތަކުން އަބަދުވެސް ދަނީ ބުނަމުންނެވެ.