މައްކާއިން ރާއްޖެއަށް ނާދެވުނު ދެމަފިރިން މާދަމާ ގެންނަނީ

އުސްތާޛް މުޙައްމަދު ޢަލީ | 1 ދުވަސް ކުރިން - 10:24
ޢުމްރާވެރިންތަކެއް ފުރުމަށް ވީއައިއޭގައި. / ފޮޓޯ: އެމްއޭސީއެލް
ޢުމްރާވެރިންތަކެއް ފުރުމަށް ވީއައިއޭގައި. / ފޮޓޯ: އެމްއޭސީއެލް
ޚުލާސާ

އެދެމީހުން ރާއްޖެ އައުމަށް އެއާޕޯޓަށް ދިޔައީ މާ ލަހުން. އަދި ބޯޑިން ވެވުނުއިރު ފްލައިޓު ނައްޓައިލަން ރެޑީވެ، ގޭޓު ވަނީ ބަންދުކޮށްފަ.

އަލް ސަފާ ހައްޖު އެންޑް އުމްރާ ގްރޫޕުގެ ހަވާލުގައި އުމްރާއަށް ދިޔަ އުމުރުން ދުވަސްވީ ދެމަފިރިއަކު ނުލައި, އުމްރާވެރިން ގޮވައިގެން އެ ގްރޫޕުން ރާއްޖެ އައި މައްސަލައެއް ފެންމަތިވެއްޖެއެވެ.

ސަފާ ގްރޫޕުގެ ހަވާލުގައި އެ މީހުން އުމްރާއަށް ފުރީ މިދިޔަ މަހު 28ވަނަ ދުވަހު ކަމަށާއި، މިއަދު ހެނދުނު އެނބުރި މާލެ އައުމަށް ހަމަޖެހިފައި އޮތް ކަމަށް ވަނީ ހަބަރު ފެތުރިފައެވެ.

އެ ދެމީހުން މާދަމާ ރާއްޖެ ގެނައުމަށް ސަފާ ގްރޫޕުން މިހާރު ވަނީ ހުރިހާ ކަމެއް ހަމަޖައްސައިދީފައެވެ.

ހަބަރު ލިބިފައިވާ ގޮތުގައި އެދެމީހުން ރާއްޖެ އައުމަށް އެއާޕޯޓަށް ދިޔައީ މާ ލަހުންނެވެ. އަދި ބޯޑިން ވެވުނުއިރު ފްލައިޓު ނައްޓައިލަން ރެޑީވެ، ގޭޓު ވަނީ ބަންދުކޮށްފައެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 1 ކޮމެންޓް

0%
0%
0%
0%
0%

ާސީމާ

17 ގަޑިއިރު ކުރިން - 17:00

ޭއެ ދެމީހުން އެއަރޕޯޓަށް ދިޔައީ ގްރޫޕުން ހަމަޖެއްސި ބަހުގަ ނޫންބާ! ޢެ ދެމީހުން އައީ އެހެން ވެހިކަލްއެއްގަ؟ ޢާން ގެނައުމުގެ މަސައްކަތއ ކުރަން ޓިކެޓް ނަގާދިން. ޢެމީހުން އެއަރޕޯޓުން ނެރެގެން ގެނެސް ހުންނާނެ ހޮަަަަަޓެލް ހޯދްދިނީ އެމްބަސީއިން. ޢެމީހިން އަމިއްލައަށް ހޮޓަލަށް ފައިސާ ދައްކައިގެން ތިބީ އެމްބަސީއިން ރަމީޒުގެ ބެލުމުގެ ދަަށުގަ. ޙަބަރު ޖެހުނުގެ ކުރިން އެމްބަސީއިން އަދި އާއިލާއިންވެސް މައުލޫމާތު ސާފު ކޮށްލުން ރަނގަޅު