ތައިލެންޑުގައި ތިބި ދިވެހިންގެ ހާލު ރަނގަޅު: ފޮރިން މިނިސްޓްރީ

އުސްތާޛް މުޙައްމަދު ޢަލީ | 2 ދުވަސް ކުރިން - 18:29
ފޮރިން މިނިސްޓްރީ: މިޔަންމާގައި މި ވަގުތު އެއްވެސް ދިވެއްސަކު ހުރި ނަމަ، ނުވަތަ އެކަމުގެ މަޢުލޫމާތު އެނގޭ ނަމަ އެ މިނިސްޓްރީއަށް މަޢުލޫމާތު ހިއްސާ ކުރުމަށް ފޮރިން މިނިސްޓްރީން އެދިލައްވާ. / ފޮޓޯ: ޚުލާސާ
ފޮރިން މިނިސްޓްރީ: މިޔަންމާގައި މި ވަގުތު އެއްވެސް ދިވެއްސަކު ހުރި ނަމަ، ނުވަތަ އެކަމުގެ މަޢުލޫމާތު އެނގޭ ނަމަ އެ މިނިސްޓްރީއަށް މަޢުލޫމާތު ހިއްސާ ކުރުމަށް ފޮރިން މިނިސްޓްރީން އެދިލައްވާ. / ފޮޓޯ: ޚުލާސާ
ޚުލާސާ

ބިންހެލުމާއި ގުޅިގެން ތައިލެންޑުގައި ތިބި ދިވެހިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް އެ ގައުމުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ މެދުވެރިކޮށް ފޮރިން މިނިސްޓްރީން ދަނީ ބަލަމުން.

މިއަދު ތައިލެންޑާއި މިޔަންމާއަށް އައި ބޮޑު ބިންހެލުމާއި ގުޅިގެން ތައިލެންޑުގައި ތިބި އެއްވެސް ދިވެއްސަކަށް ގެއްލުމެއް ލިބިފައި ނުވާކަމަށް ފޮރިން މިނިސްޓްރީން މިއަދު ހާމަކޮށްފިއެވެ.

ފޮރިން މިނިސްޓްރީން ބުނީ، މި ބިންހެލުމާއި ގުޅިގެން ތައިލެންޑުގައި ތިބި ދިވެހިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް އެ ގައުމުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ މެދުވެރިކޮށް ބަލަމުންދާ ކަމަށެވެ. އަދި މިހާތަނަށް ބެލިބެލުމުން އެ ގައުމުގައި ތިބި އެއްވެސް ދިވެއްސަކަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށާއި އެ މީހުންގެ ހާލު ވެސް ރަނގަޅު ކަމަށް އެ މިނިސްޓްރީން މަޢުލޫމާތު ދީފައިވެއެވެ.

މިއަދުގެ ކާރިސާއާ ގުޅިގެން ތައިލެންޑާއި މިޔަންމާގައި ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާނު ކޮށްފައިވާތީ، އެ ދެ ގައުމުގެ ކަމާބެހޭ އިދާރާތަކުން އަންގާ އެންގުންތަކަށް އެ ގައުމުތަކުގައި ތިބި ދިވެހިން ސަމާލުވެ، އެއާ އެއްގޮތަށް ޢަމަލު ކުރުމަށް ފޮރިން މިނިސްޓްރީން އިލްތިމާސް ކޮށްފައިވެއެވެ.

މިޔަންމާގައި މި ވަގުތު އެއްވެސް ދިވެއްސަކު ހުރި ނަމަ، ނުވަތަ އެކަމުގެ މަޢުލޫމާތު އެނގޭ ނަމަ އެ މިނިސްޓްރީއަށް މަޢުލޫމާތު ހިއްސާ ކުރުމަށް ފޮރިން މިނިސްޓްރީން އެދިފައިވެއެވެ. އަދި ތައިލެންޑުގައި ތިބި ދިވެހިންގެ ތެރެއިން އެއްވެސް މީހަކު އެހީތެރިކަމެއް ބޭނުންވާ ނަމަ އެ ގައުމުގައި ހުންނަ ރާއްޖޭގެ އެމްބަސީގެ ހޮޓްލައިނަށް ނުވަތަ މިނިސްޓްރީގެ ހޮޓްލައިނަށް ގުޅުމަށް އެ މިނިސްޓްރީން އިރުޝާދު ދީފައިވެއެވެ.

މިއަދު ރިކްޓަރ މިންގަނޑުން 7.7 ގެ ބާރުމިނުގައި ބިންހެލުން އައީ މިޔަންމާގެ ދެވަނައަށް އެންމެ ބޮޑު ސިޓީ ކަމަށްވާ މަންޑަލޭގެ 17 ކިލޯމީޓަރު ބޭރަށެވެ. މި ބިންހެލުމުގެ އަސަރު ތައިލެންޑަށް ވެސް ވަރަށް ބޮޑަށް ކޮށް، އިމާރާތްތައް ވެސް ބިމާ ހަމަވެފައިވެއެވެ. ބިންހެލުމާއި ގުޅިގެން ތައިލެންޑާއި މިޔަންމާގައި ވެސް ވަނީ ކުއްލި ހާލަތު އިޢުލާނުކޮށްފައެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%