ފިހާރައަކުން 10 ފުޅި ކޮފީ ވަގަށް ނެގި މީހަކު ހައްޔަރުކޮށްފިއެވެ.
އެ މައްސަލައާއި ގުޅިގެން ހައްޔަރުކުރީ ގދ. ގައްދޫ އަށް ނިސްބަތްވާ 43 އަހަރުގެ ފިރިހެނެކެވެ.
ކޯޓު ޢަމުރުގައި ބުނެފައިވަނީ އެ މީހާއަކީ ބަންދުގެ 40 ރެކޯޑް ވެސް އޮތް މީހެއް ކަމަށެވެ.
އޭނާ އަކީ ދާއިމީކޮށް ހަކުރު ބައްޔަށް ބޭސްކާ މީހެއް ކަމަށާއި ބަންދުކުރި ފަހުން ބޭސް ނުލިބޭ ކަމަށް އެމީހާ ބުނި ކަމަށްވެސް ކޯޓު ޢަމުރުގައިވެއެވެ.
އޭނާ 7 ދުވަހަށް ބަންދުކުރުމަށް ކޯޓުން ވަނީ ނިންމާފައެވެ.