ގެއްލިގެން ހޯދި މަނަދޫ މީހާ ޑުރަގު އެތެރެކުރި މައްސަލައިގައި ޑުރަގާއެކު ހައްޔަރުކޮށްފި

އުސްތާޛް މުޙައްމަދު ޢަލީ | 2 ދުވަސް ކުރިން - 18:28
ގެއްލިގެން ހޯދި އަބްދުﷲ ޝިހާދު: އޭނާ ދިޔައީ ރާއްޖެއިން ބޭރަށް. މިހާރު ހުރީ މަސްތުވާތަކެތި އެތެރެކުރި ކަމުގެ ތުހުމަތުގައި ދިވެހި ފުލުހުންގެ ބެލުމުގެ ދަށުގައި.
ގެއްލިގެން ހޯދި އަބްދުﷲ ޝިހާދު: އޭނާ ދިޔައީ ރާއްޖެއިން ބޭރަށް. މިހާރު ހުރީ މަސްތުވާތަކެތި އެތެރެކުރި ކަމުގެ ތުހުމަތުގައި ދިވެހި ފުލުހުންގެ ބެލުމުގެ ދަށުގައި.
ޚުލާސާ

އޭނާ ހައްޔަރުކުރީ މަސްތުވާތަކެތި އެތެރެ ކުރުމާއި އޭގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގަ. އިއްޔެ އޭނާގެ ބަންދަށް 10 ދުވަސް ދީފި.

ގެއްލިގެން ހޯދާ ކަމަށް ބުނެ މި މަހުގެ 11 ވަނަ ދުވަހު ފުލުހުން އިޢުލާންކުރި ނ. މަނަދޫ އަބްދުﷲ ޝިހާދު (37 އަހަރު) ރާއްޖެއިން ބޭރުގައި އުޅުމަށްފަހު ރާއްޖެ އައުމާއެކު ޑުރަގާއެކު ހައްޔަރު ކޮށްފިއެވެ.

ފުލުހުންގެ ބެލުމުގެ ދަށަށް އޭނާ ގެންދިޔައީ އިއްޔެގެ ވަގުތެއްގައެވެ.

ކްރިމިނަލް ކޯޓުން އިއްޔެ ވަނީ އޭނާގެ ބަންދަށް 10 ދުވަސް ދީފައެވެ. ކޯޓު އަމުރުގައިވާ ގޮތުން، އޭނާ ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެތި އެތެރެކުރުމާއި އޭގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައެވެ. ނަމަވެސް، އޭނާ ހައްޔަރުކުރީ ރާއްޖެއިން ބޭރުން އައުމާ އެކުގައިކަން ނުވަތަ ނޫންކަން އަދި ސާފުވެފައެއް ނުވެއެވެ.

މި މަހުގެ 11 ވަނަ ދުވަހު ފުލުހުން ވަނީ ޝިހާދު ގެއްލިގެން ހޯދަން ސޯޝަލް މީޑިއާގައި އިޢުލާނުކޮށްފައެވެ. ފުލުހުން އޭނާ ހޯދަން އިޢުލާނުކުރީ، އާއިލާއަށް އޭނާގެ ޚަބަރެއް ނުވާތީ، ފުލުހުންނަށް އެކަން ރިޕޯޓުކުރުމުންނެވެ. އާއިލާއާއި ހަވާލާދީ އޭރު ފުލުހުން ބުނެފައިވަނީ، އޭނާއަކީ މާލޭގައި ދިރިއުޅޭ މީހެއް ކަމަށާއި، އެހެންނަމަވެސް އޭނާގެ ފޯނަށްވެސް ނުގުޅޭ ކަމަށެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%