އެމްޕީއެލްގެ ނީލަން ފެށިއްޖެ! މާދަމާ ނިމޭނެ

ހުސައިން އިސްމާއިލް | 5 ދުވަސް ކުރިން - 19:35
އެމްޕީއެލް އިން ނީލަމުގައި ވިއްކާލާ ބައެއް ތަކެތި: ނީލަން ނިމޭނީ މާދަމާ 2 ޖަހާއިރު. / ފޮޓޯ: އެމްޕީއެލް
އެމްޕީއެލް އިން ނީލަމުގައި ވިއްކާލާ ބައެއް ތަކެތި: ނީލަން ނިމޭނީ މާދަމާ 2 ޖަހާއިރު. / ފޮޓޯ: އެމްޕީއެލް
ޚުލާސާ

ޕަމްޕު، ޕްރިންޓަރު އަދި އިލެކްޓްރޯނިކްގެ ތަފާތު ބާވަތްތަކާއި، ބައިސްކަލް ދަފަތު، ތެރަސް އަދި ސްޕްރޭ ފަދަ ތަކެތި ހިމެނޭ އެމްޕީއެލްގެ ނީލަން މާދަމާ 2 ޖަހާއިރު ނިމޭނެ.

މާލޭ ވިޔަފާރި ބަނދަރުގައި ނުގެންގޮސް ގިނަ ދުވަސް ވެފައިވާ މުދާތައް ވިއްކާލުމަށް ބާއްވާ ޚާއްޞަ ނީލަން މޯލްޑިބްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އިން މިއަދު ފަށައިފިއެވެ. މި ނީލަމުގައި ވިއްކާލާ ތަކެތީގެ ތެރޭގައި ވާރޭތެރޭގައި ބޭނުންކުރާ ވޯޓަރޕްރޫފް ބޫޓާއި ޓޫރިސްޓް ހޮޓާ ނުވަތަ ރިސޯޓްތަކުގައި ބޭނުންކުރާ ރޫމް ސްލިޕަރ ފަދަ މަޝްހޫރު ތަކެތި ހިމެނެއެވެ.

އިއްޔެ މެންދުރު 2 ޖެހިއިރު މުދާ ބެލުމުގެ ފުރުޞަތު ދިނުމަށްފަހު، މިއަދު މެންދުރު 2 ޖެހިއިރު ފެށި މި ނީލަން ނިމޭނީ މާދަމާ މެންދުރު 2 ޖަހާއިރު ކަމަށް އެމްޕީއެލް އިން މަޢުލޫމާތު ދެއެވެ.

މި ނީލަމުގައި ވިއްކާލާ ބައެއް ތަކެތީގެ ތެރޭގައި:

  1. ވާރޭގައި އުޅޭއިރު އަރާ ބޫޓު - ނީލަން ފެށޭ އަގު 2,175.50 ރުފިޔާ
  2. ޓޫރިސްޓު ހޮޓާތަކުގެ "ރޫމް ސްލިޕަރ" - ނީލަމް ފެށޭ އަގު 508.20 ރުފިޔާ
  3. ލޮނުފެނުގައި ބޭނުންކުރާ ސީވޯޓަރ ޕަމްޕް - ނީލަން ފެށޭ އަގު 6,38.5 ރުފިޔާ
  4. ނެޓްވޯކިންގ ޕްރޮޑަކްޓް - 2,810 ރުފިޔާ

މީގެ އިތުރުން ޕަމްޕު، ޕްރިންޓަރު އަދި އިލެކްޓްރޯނިކްގެ ތަފާތު ބާވަތްތަކާއި، ބައިސްކަލް ދަފަތު، ތެރަސް އަދި ސްޕްރޭ ފަދަ ތަކެތިވެސް މި ނީލަމުގައި ހިމެނެއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%