ފްލެޓް ލިސްޓަށް ޝަކުވާ ހުށަހެޅުމަށް މާލެ ސިޓީ ކައުންސިލުން އެހީތެރިވަނީ

ހުސައިން އިސްމާއިލް | 1 ދުވަސް ކުރިން - 16:37
ހުޅުމާލޭގައި ޢިމާރާތްކޮށްފައިވާ ފުލެޓްތަކެއް: ފުލެޓް ލިސްޓަށް ޝަކުވާ ހުށަހެޅުމަށް މާލެ ސިޓީ ކައުންސިލުން ވަނީ އެހީތެރިކަން ފޯރުކޮށްދޭން ނިންމާފަ.
ހުޅުމާލޭގައި ޢިމާރާތްކޮށްފައިވާ ފުލެޓްތަކެއް: ފުލެޓް ލިސްޓަށް ޝަކުވާ ހުށަހެޅުމަށް މާލެ ސިޓީ ކައުންސިލުން ވަނީ އެހީތެރިކަން ފޯރުކޮށްދޭން ނިންމާފަ.
ޚުލާސާ

އެކައުންސިލުން ކުރި އިޢުލާނުގައި ބުނީ މިއަދުން ފެށިގެން އޭޕްރީލް 15 ގެ ނިޔަލަށް މި ޚިދުމަތް ފޯރުކޮށްދޭނެ ކަމަށް.

“ގެދޮރުވެރިޔާ” ސްކީމުގެ ދަށުން ފްލެޓް ލިބޭނެ ފަރާތްތަކުގެ އައު ލިސްޓަށް ޝަކުވާ ހުށަހެޅުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މާލެ ސިޓީ ކައުންސިލުން ނިންމައިފިއެވެ.

އެކައުންސިލުން ކުރި އިޢުލާނުގައި ބުނީ މިއަދުން ފެށިގެން އޭޕްރީލް 15 ގެ ނިޔަލަށް މި ޚިދުމަތް ފޯރުކޮށްދޭނެ ކަމަށެވެ.

މާލެ ސިޓީ ކައުންސިލުގެ ޖަލްސާއަކުން ނިންމާފައިވާ މި ނިންމުމުގެ ދަށުން، ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ކައުންސިލުގެ އާންމު ޚިދުމަތްތަކާ ބެހޭ ބައިން މި އެހީތެރިކަން ފޯރުކޮށްދޭނެއެވެ. ޝަކުވާ ހުށަހެޅުމަށް އެހީތެރިވެދޭނެ ވަގުތުތައް ދެ ބަޔަކަށް ބަހާލާފައިވެއެވެ:

1. 31 މާރޗް އިން 5 އޭޕްރީލް އަށް:

- ހެނދުނު 10:30 އިން މެންދުރު 2:30 އަށް

- ރޭގަނޑު 9:30 އިން 11:00 އަށް

2. 6 އޭޕްރީލް އިން 15 އޭޕްރީލް އަށް:

- ހެނދުނު 9:00 އިން ހަވީރު 4:00 އަށް

- ރޭގަނޑު 9:00 އިން 11:00 އަށް

ފްލެޓް ލިބޭނެ ފަރާތްތަކުގެ އައު ލިސްޓު ސަރުކާރުން އިޢުލާނުކުރީ ކުރީގެ ސަރުކާރުން އިޢުލާނުކޮށްފައިވާ 4,000 މީހުންގެ ލިސްޓުން ޝަރުތު ހަމަނުވާ 3,119 މީހުން އުނިކުރުމަށްފަހުގައެވެ. މި އައު ލިސްޓުގައި ތިން ކޮޓަރީގެ ފްލެޓް ލިބޭނެ ކަމަށް ކަނޑައަޅާފައަނޑައަޅާފައިވަނީ 1,423 މީހުންނެވެ. އަދި ދެ ކޮޓަރީގެ ފްލެޓް ލިބޭނެ ކަމަށް ކަނޑައަޅާފައިވަނީ 397 މީހުންނެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%