އިމިގްރޭޝަން ކޮންޓްރޯލަރު މުޙައްމަދު ޝަމްއާން ވަޙީދު ކުއްލިގޮތަކަށް އިއްޔެ މަޤާމުން ވަކިކުރުމަށްފަހު، އިމިގްރޭޝަންގެ ބައެއް މުވައްޒަފުން ބިދޭސީ މަސައްކަތްތެރިންގެ އަތުން ނާޖާއިޒު ފައިދާ ހޯދާ ކަމަށް ތުހުމަތުކުރެވޭ މައްސަލަތަކެއް ފުލުހުން ތަޙުޤީޤުކުރަން ފަށައިފިއެވެ.
މޯލްޑިވްސް ޕޮލިސް ސަރވިސްއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އިމިގްރޭޝަމިގްރޭޝަންގެ ބައެއް މުވައްޒަފުން "މަޤާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށްގެން" ބިދޭސީ މަސައްކަތްތެރިންގެ އަތުން ނާޖާއިޒު މަންފާ ހޯދާ ކަމުގެ މަޢުލޫމާތު ލިބިފައިވާތީ، މި މައްސަލަ ތަޙުޤީޤުކުރަން ފަށާފައިވާ ކަމަށެވެ.
އަދި މިދިޔަ ބުދަ ދުވަހުގެ ރޭ ހިންގި އޮޕަރޭޝަނެއްގައި ގެއެއް ބަލައި ފާސްކޮށް، މިމައްސަލައާއި ގުޅުންހުރި ތިން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.