ތަޢުލީމީ ލޯނުތަކުން ނަގަމުންދާ އިންޓްރެސްޓް އުނިކުރުމަށް ރައީސް އަންގަވައިފި

އާނާ ފަހީމް | 3 ދުވަސް ކުރިން - 22:42
ރައީސުލްޖުމްހޫރިއްޔާއާއެކު ސީއެޗްސީގެ ކުދިންތަކެއް ސެލްފީއެއް ނެންގެވުމަށް އެދުމުން އެމަނިކުފާނު ފޮޓޯއަށް އެކުދިންނާއެކު ހުއްޓިވަޑައިގެން: ރާއްޖެއިން ބޭރުގައި ކިޔަވާކުދިންނަށް ދޫކުރާ ލޯނުގެ އިންޓެރެސްޓް ފީ އުނިކުރަން ރައީސް ވަނީ އަމުރު ކުރައްވާފަ.
ރައީސުލްޖުމްހޫރިއްޔާއާއެކު ސީއެޗްސީގެ ކުދިންތަކެއް ސެލްފީއެއް ނެންގެވުމަށް އެދުމުން އެމަނިކުފާނު ފޮޓޯއަށް އެކުދިންނާއެކު ހުއްޓިވަޑައިގެން: ރާއްޖެއިން ބޭރުގައި ކިޔަވާކުދިންނަށް ދޫކުރާ ލޯނުގެ އިންޓެރެސްޓް ފީ އުނިކުރަން ރައީސް ވަނީ އަމުރު ކުރައްވާފަ.
ޚުލާސާ

ތަޢުލީމާއި ތަމްރީނު ހޯދުމަށް ދޫކުރާ ލޯނުތައް ޝަރީޢާ ކޮމްޕްލަޔަންޓްކޮށް ލޯނުތަކުން ނަގަމުންދިޔަ %1 އެޑްމިނިސްޓްރޭޓިވް ފީ އުވާލައި ކުރީގެ ލޯނުތަކުގެ އަދަދު އެޑްޖަސްޓުކުރުމަށް ރައީސް ނިންމަވައިފި.

 މަތީ ތަޢުލީމާއި ތަމްރީނު ހޯދުމަށް ދޫކުރާ ލޯނުތައް ޝަރީޢާ ކޮމްޕްލަޔަންޓް ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ. މިގޮތުން ލޯނުތަކުން ނަގަމުންދިޔަ %1 އެޑްމިނިސްޓްރޭޓިވް ފީ އުވާލުމަށާއި، ކުރިން ލޯނު ނަގާފައިވާ ފަރާތްތަކުގެ ލޯނު އަދަދުތައް އަލުން އެޖަސްޓް ކުރުމަށް ވަނީ ނިންމާފައެވެ.

ރައީސްގެ ނިންމެވުމާ އެއްގޮތަށް، މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓުން ދޫކުރާ ލޯނުތަކުން މިހާތަނަށް ނަގަމުން އައި %1 އެޑްމިނިސްޓްރޭޓިވް ފީ އެއްކޮށް އުވާލެވޭނެއެވެ. މީގެ އިތުރުން، ލޯނުގެ ގޮތުގައި ދޫކުރާ ފައިސާގެ އިތުރުން އެއްވެސް އިތުރު ޗާޖެއް ނުނެގުމަށްވެސް ވަނީ ނިންމާފައެވެ.

މި ބަދަލު ގެނައުމުގެ ސަބަބުން، ކުރިން ލޯނު ނަގާފައިވާ ދަރިވަރުންނަށްވެސް ލުޔެއް ލިބިގެންދާނެއެވެ. އެގޮތުން، މިހާރު ލޯނު ދައްކަމުންދާ ފަރާތްތަކުގެ ލޯނު އަދަދުތައް އަލުން އެޖަސްޓް ކުރެވި، އެޑްމިނިސްޓްރޭޓިވް ފީގެ ގޮތުގައި ދައްކަން ޖެހޭ އަދަދު އުނިކުރެވޭނެއެވެ.

ރައީސް ވިދާޅުވީ މި ނިންމުމަކީ ތަޢުލީމީ ލޯނުތައް އިސްލާމީ ހަމަތަކަށް ފެތޭ، "ޝަރީޢާ ކޮމްޕްލަޔަންޓް" ލޯނުތަކަކަށް ހެދުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށެވެ.


TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%