ސާންތީގެ ހަނދާނުގައި ތައުޒިޔާގެ ދަފުތަރެއް ހުޅުވައިފި

އާނާ ފަހީމް | 3 ދުވަސް ކުރިން - 22:33
މަޝްހޫރު ފުޓްބޯޅަ ކޯޗު މަރުހޫމް އިޙްސާން ޢަބްދުލްޣަނީ (ސާންތީ)ގެ ހަނދާނުގައި ހުޅުވި ތައުޒިޔާގެ ދަފުތަރުގައި ވަޒީރު ރާފިޢު ސޮއިކުރައްވަނީ/ ފޮޓޯ: ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވުޒާރާ
މަޝްހޫރު ފުޓްބޯޅަ ކޯޗު މަރުހޫމް އިޙްސާން ޢަބްދުލްޣަނީ (ސާންތީ)ގެ ހަނދާނުގައި ހުޅުވި ތައުޒިޔާގެ ދަފުތަރުގައި ވަޒީރު ރާފިޢު ސޮއިކުރައްވަނީ/ ފޮޓޯ: ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވުޒާރާ
ޚުލާސާ

މަޝްހޫރު ފުޓްބޯޅަ ކޯޗު މަރުހޫމް އިޙްސާން ޢަބްދުލްޣަނީ (ސާންތީ)ގެ ހަނދާނުގައި ތައުޒިޔާގެ ދަފުތަރެއް ހުޅުވައި ވަޒީރު ރާފިޢުގެ އިތުރުން ކުޅިވަރު ޚިދުމަތްތެރިން ސޮއިކުރައްވައިފި.

ދިވެހިރާއްޖޭގެ ކުޅިވަރަށް ގިނަ ޚިދުމަތްތަކެއް ކޮށްދީފައިވާ މަޝްހޫރު ފުޓްބޯޅަ ކޯޗު މަރުހޫމް އިޙްސާން ޢަބްދުލްޣަނީ (ސާންތީ) ގެ ހަނދާނުގައި ތައުޒިޔާގެ ދަފުތަރެއް މިއަދު ހުޅުވައިފިއެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި މިއަދު ބޭއްވުނު ރަސްމިއްޔާތުގައި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ބައިވެރިވެވަޑައިގެންނެވިއެވެ. މީގެ އިތުރުން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ނޯމައިލިޒިން ކޮމިޓީގެ ޗެއާމަން އަޙްމަދު މުޢިއްޒު، މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) ގެ ރައީސް މުޙައްމަދު އަބްދުލް ސައްތާރު އަދި ކުޅިވަރު ޚިދުމަތްތެރިޔާ އިބްރާހީމް އިސްމާޢީލްވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ކުޅިވަރު ވުޒާރާއިން ހުޅުވާލި ތައުޒިޔާގެ ދަފްތަރުގައި ވަޒީރު ރާފިޢުގެ އިތުރުން ކުޅިވަރުގެ ދާއިރާއަށް ޚިދުމަތްކުރައްވާފައިވާ ބޭފުޅުން ސޮއިކުރެއްވިއެވެ. މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ވަޒީރު ރާފިޢު ވިދާޅުވީ ސާންތި ވަކިވެގެން ދިޔުމަކީ ރާއްޖޭގެ ފުޓްބޯޅައަށް ލިބިގެންދިޔަ އުނިކަމެއް ކަމަށެވެ. އަދި ކުޅިވަރުގެ އެތައް ރޮނގަކުން ސާންތީގެ ޚިދުމަތްތައް ފާހަގަވާ ކަމަށް ވިދާޅުވިއެވެ.

ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ އެއް ނަންބަރު ގޯލްކީޕަރު އިމްރާން މުޙައްމަދު ވިދާޅުވީ ސާންތި އަކީ އޭނާ ފަދަ އެތަކެއް ކުޅުންތެރިންގެ ކެރިއަރު ކުރިއަރުވަން ވަރަށް ބޮޑު އެހީތެރިކަމެއް ފޯރުކޮށްދިން ކޯޗެއް ކަމަށެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%