މޭވާއާއި ތަރުކާރީގެ އަގު ހެޔޮކުރުމަށް ސަރުކާރުން މަސައްކަތް ފަށައިފި

އާނާ ފަހީމް | 3 ދުވަސް ކުރިން - 22:31
"ރައްޔިތުންނާ އެކު" ޕޮޑްކާސްޓުގައި ރައީސް ވާހަކަފުޅުދައްކަނީ/ ފޮޓޯ: ރައީސް އޮފީސް
"ރައްޔިތުންނާ އެކު" ޕޮޑްކާސްޓުގައި ރައީސް ވާހަކަފުޅުދައްކަނީ/ ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

މޭވާ އާއި ތަރުކާރީގެ އަގު ހެޔޮކުރުމަށް ކާބޯތަކެތި އުފެއްދުމާއި، އިމްޕޯޓު ކުރުމުގެ އުސޫލުތަކަށް ބަދަލު ގެނައުމަށް ރޭވިފައިވާ ކަމަށް ރައީސް މިއަދު ވިދާޅުވެއްޖެ.

ރާއްޖޭގައި މޭވާ އާއި ތަރުކާރީގެ އަގު ހެޔޮކުރުމަށް ސަރުކާރުން މަސައްކަތް ފަށައިފިއެވެ. މިކަން ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު މުޢިއްޒު ހާމަކުރެއްވީ "ރައްޔިތުންނާ އެކު" މި ނަމުގައި ރައީސް އޮފީހުން ކުރިއަށްގެންދިޔަ ޕޮޑްކާސްޓްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވި ގޮތުގައި، ރާއްޖޭގެ ފުޑް ސެކިއުރިޓީ ޤާއިމުކުރުމަށްޓަކައި ފައްޓަވާފައިވާ މަޝްރޫޢުތަކުގެ ތެރޭގައި ރާއްޖޭގެ އާބާދީއަށް ބޭނުންވާ މިންވަރަށް ރާއްޖޭގައި ކާބޯތަކެތި އުފެއްދުމުގެ އަމާޒެއް ކަނޑައަޅުއްވާފައި ވެއެވެ. މި އަމާޒު ވާސިލުވުމުން، މިހާރު ބޭރުން ރާއްޖެއަށް ގެންނަ ގިނަ މޭވާ އާއި ތަރުކާރީ ރާއްޖޭގައި އުފެއްދޭނެ ކަމަށާއި، އޭގެ ސަބަބުން އެތަކެތީގެ އަގު ހެޔޮވެގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން، ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސް.ޓީ.އޯ) އިން ރާއްޖެއަށް އެންމެ ގިނައިން އެތެރެކުރާ މޭވާ އާއި ތަރުކާރީގެ ބާވަތްތައް ފާހަގަކޮށް، އެ ބާވަތްތައް ހެޔޮ އަގެއްގައި ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް މަސައްކަތް ކުރަމުންދާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވި ގޮތުގައި، މި މަސައްކަތްތަކުގެ އިންތިޒާމުތައް ކުރެވެމުންދާ ވަރަކުން، އޭގެ ތަފްޞީލުތައް ރައްޔިތުންނާއި ހިއްސާކުރަމުން ގެންދަވާނެއެވެ. މި މަސައްކަތްތަކުގެ ސަބަބުން ރާއްޖޭގައި މޭވާ އާއި ތަރުކާރީގެ އަގު ތިރިވެ، ރައްޔިތުންނަށް ފަސޭހަކަމާއެކު މި ބާވަތްތައް ލިބިގެންދާނެއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%