ފަޤީރުންގެ ދަފްތަރުގައި ހިމެނޭ ކޮންމެ މީހަކަށް 4500ރ ލިބޭނެ: ޝަހީމް

އަައިޝަތު ޒީނާ | 3 ދުވަސް ކުރިން - 00:03
ފިޡުރު ޒަކާތް ބަލައިގަތުން. / ފޮޓޯ: އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ
ފިޡުރު ޒަކާތް ބަލައިގަތުން. / ފޮޓޯ: އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ
ޚުލާސާ

މިއަހަރު ފިޠުރު ޒަކާތަށް މިވަގުތާ ހަމައަށް 12.4 މިލިއަން ރުފިޔާ ލިބިފައިވާކަމަށް ޝަހީމް ވިދާޅުވި.

ފަޤީރުންގެ ދަފްތަރުގައި ހިމެނޭ ކޮންމެ މީހަކަށް 1446 ވަނަ އަހަރުގެ ފިޠުރު ޒަކާތުގެ ގޮތުގައި 4500ރ ލިބޭނެ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ޝަހީމް ވިދާޅުވީ ފިޠުރު ޒަކާތް ބަހަނީ ފަޤީރުންގެ ދަފްތަރުގައި ހިމެނޭ ފަރާތްތަކަށް އެއް ހަމައަކުން ކަމަށާއި، ދަފްތަރުގައި ހިމެނޭ ކޮންމެ ފަރުދަކަށް 4500 ރުފިޔާއިން ފިޠުރު ޒަކާތް ލިބޭނެ ކަމަށެވެ. މިބަދަލަކީ ޒަކާތުގެ މަޤުޞަދުގައި ހިމެނޭ އިޖްތިމާޢީ އަދާލަތު ޤާއިމުކުރުމުގެ ގޮތުން ގެނެވުނު ބަދަލެއް ކަމަށް ޝަހީމް ވިދާޅުވިއެވެ.

ޝަހީމް ވިދާޅުވީ މީގެ ކުރިން މިކަން ކުރާ ގޮތަކީ އެރަށަކުން ލިބޭ އެއްޗެެއް އެކަނި އެރަށަކަށް ލިބެނީ ކަމަށާއި، މިހާރު ތަފާތަކީ މުޅިރާއްޖެއަކީ އެއްބައެއް ކަމުގައި ބަލައި އެގޮތުން ބެހުން ކަމަށެވެ.

މިއީ ރާއްޖޭގެ ފިޠުރު ޒަކާތުގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ގެނެވުނު މިފަދަ ބަދަލުކަން ޝަހީމް ފާހަގަކުރެއްވިއެވެ.

މިއަހަރު ފިޠުރު ޒަކާތަށް މިވަގުތާ ހަމައަށް 12.4 މިލިއަން ރުފިޔާ ލިބިފައިވާކަމަށް ޝަހީމް ވިދާޅުވިއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%