ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުޙައްމަދު ޝަމްއާން ވަޙީދު މަޤާމުން ވަކިކޮށްފި

އައިޝަތު އީމާން | 7 ދުވަސް ކުރިން - 01:19
މުޙައްމަދު ޝަމްއާން ވަޙީދު: އޭނާ އަދާކުރަމުންދިޔަ އިމިގްރޭޝަން ކޮންޓްރޯލާ ކަމުގެ މަޤާމުން މިހާރު ވަނީ ވަކިކޮށްފައި / ފޮޓޯ: އިމިގްރޭޝަން
މުޙައްމަދު ޝަމްއާން ވަޙީދު: އޭނާ އަދާކުރަމުންދިޔަ އިމިގްރޭޝަން ކޮންޓްރޯލާ ކަމުގެ މަޤާމުން މިހާރު ވަނީ ވަކިކޮށްފައި / ފޮޓޯ: އިމިގްރޭޝަން
ޚުލާސާ

ޝަމްޢާން ވަކިކުރި ސަބަބެއް އަދި ސަރުކާރަކުން ހާމައެއް ނުކުރޭ. ސަރުކާރުން މިކަން ރަސްމީކޮށް އަދި އިޢުލާނުކޮށްފައެއް ވެސް ނުވޭ.

ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުޙައްމަދު ޝަމްއާން ވަޙީދު އިއްޔެ މަޤާމުން ވަކިކޮށްފިއެވެ. ނަމަވެސް، ސަރުކާރުން މިކަން ރަސްމީކޮށް އަދި އިޢުލާނުކޮށްފައެއް ނުވެއެވެ.

ޝަމްއާނަކީ އިމިގްރޭޝަންގައި 14 އަހަރު މަސައްކަތްކުރެއްވި ބޭފުޅެކެވެ. އޭނާއަށް އިމިގްރޭޝަން ކޮންޓްރޯލަރުކަން ދެއްވީ 2023 ވަނަ އަހަރުގެ ނޮވެމްބަރު 19 ވަނަ ދުވަހުއެވެ. އެއީ އޭނާ އިމިގްރޭޝަންގެ އޮފިސަރުކަމުން ވަކިކޮށްފައި ހުރި ދަނޑިވަޅެއްގައެވެ.

ކުރީގެ ރައީސް ޢަބްދުﷲ ޔާމީނަށް ތާއީދުކޮށް ސޯޝަލް މީޑިއާގައި ޕޯސްޓުކުރަން ފެށުމާއި ގުޅިގެން، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ވެރިކަމުގައި ޝަމްއާން އިމިގްރޭޝަން އޮފިސަރުކަމުން ވަކިކުރި ނަމަވެސް، 2022 ވަނަ އަހަރު ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން ނިންމީ ޝަމްއާން ވަޒީފާއިން ވަކިކޮށްފައިވަނީ ޤާނޫނާ ޚިލާފަށް ކަމަށެވެ. އަދި އޭނާ އަލުން ވަޒީފާއަށް ރުޖޫޢަކޮށްދިނުމަށް އަންގާފައިވެއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%