ރައީސް ތިލަފުއްޓަށް، މިއީ ފަހުގެ ތާރީޚުގައި ތިލަފުއްޓަށް ވަޑައިގެންނެވި ހަމައެކަނި ރައީސް: މުޖޭ

އުސްތާޛް މުޙައްމަދު ޢަލީ | 7 ދުވަސް ކުރިން - 21:18
ރައީސް ޑރ. މުޢިއްޒާއެކު ތިލަފުށީގައި ވެމްކޯގެ އެމްޑީ މުޖޭ (ކ). ރައީސަށް ތަޢުރީފް ކުރައްވަމުން މުޖޭ ވިދާޅުވީ މި ރައީސް ތަފާތު ކަމަށް.
ރައީސް ޑރ. މުޢިއްޒާއެކު ތިލަފުށީގައި ވެމްކޯގެ އެމްޑީ މުޖޭ (ކ). ރައީސަށް ތަޢުރީފް ކުރައްވަމުން މުޖޭ ވިދާޅުވީ މި ރައީސް ތަފާތު ކަމަށް.
ޚުލާސާ

ރައީސް މުޢިއްޒު ތިލަފުށްޓަށް ވަޑައިގެން ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަނުން އެރަށުގައި ހިންގާ ކުނި ނައްތާލުމުގެ މަސައްކަތްތައް ބައްލަވާލައްވައި އިރުޝާދު ދެއްވައިފި.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ހަވީރު ތިލަފުށްޓަށް ޒިޔާރަތްކުރައްވައި އެތަނުގައި ހިނގަމުންދާ މަސައްކަތްތައް ބައްލަވައިލައްވައިފިއެވެ.

ތިލަފުށްޓަށް އެމަނިކުފާނު ވަޑައިގެންނެވުމުން މަރުޙަބާ ދެންނެވީ ތިމާވެށްޓާއި ބެހޭ މިނިސްޓަރު ތާރިގް އިބްރާހީމާއި ވެމްކޯގެ އިސް ވެރިންނެވެ.

ރައީސް އޮފީހުން މައުލޫމާތު ދިންގޮތުގައި ގޮތުގައި، ރައީސް މުޢިއްޒު ތިލަފުށްޓަށް ވަޑައިގެންނެވީ ގާތްގަނޑަކަށް ހަވީރު 4:00 ހާއިރުއެވެ. މި ދަތުރުފުޅުގައި ރައީސް އާއެކު ސަރުކާރުގެ އިސް ބޭފުޅުންވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

ރައީސުލްޖުމްހޫރިްޔާ ވަނީ ތިލަފުށްޓަށް ވަޑައިގެން ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަނުން އެރަށުގައި ހިންގާ ކުނި ނައްތާލުމުގެ މަސައްކަތްތައް ބައްލަވާލައްވައި އިރުޝާދު ދެއްވާފައެވެ.

އެކަން ފާހަގަ ކުރައްވައި ވެމްކޯގެ މެނޭޖިންގ ޑިރެކްޓަރ މުޖުތަބާ ޖަލީލް (މުޖޭ) ވިދާޅުވީ މިއީ ފަހުގެ ތާރީޚުގައި އެރަށަށް ވަޑައިގެން ވެމްކޯގެ މަސައްކަތްތައް ބައްލަވައި އިރުޝާދު ދެއްވި ހަމައެކަނި ރައީސެވެ.

މުޖޭ ވިދާޅުވީ މިޒިޔާރަތުގައި ރައީސް މުއިއްޒު ތިލަފުށީ ރީޖަނަލް ވޭސްޓް މެނޭޖްމަންޓް ފެސިލިޓީގެ އެކި ސަރަހައްދުތައް ބައްލަވައި، މަސައްކަތްތަކުގެ ތަފްސީލީ މައުލޫމާތު ހޯއްދެވި ކަމަށެވެ.

މިހާރު ދުވާލަކު 76 ބޭލް ކުނި އުފައްދަމުންދާއިރު، ކުނި ބޭލުމުގެ މަސައްކަތް އަވަސްކުރެވިފައި ވާކަން ރައީސް ފާހަގަކުރެއްވި އެވެ.

އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް އަދި ޖަޕާން ފަންޑް ފޯ ޕަވަޓީ ރިޑަކްޝަންގެ އެހީގައި ކުރިއަށް ގެންދާ މި މަޝްރޫޢުގެ މައިގަނޑު އަމާޒަކީ، ދެމެހެއްޓެނިވި ގޮތެއްގައި ކުނި މެނޭޖްކުރުމުގެ ނިޒާމެއް ރާއްޖޭގައި ގާއިމުކުރުމެވެ. މި މަޝްރޫއުގެ ދަށުން މާލެ އަދި އެހެން ރަށްރަށުން ކުނި ނެގުމާއި އުފުލުމުގެ މަސައްކަތް އާ ޓެކްނޮލޮޖީއާއެކު އިތުރަށް ތަރައްްގީ ކުރެވޭނެ އެވެ.

ރައީސް މުއިއްޒު ފާހަގަކުރެއްވި ފަދައިން، މި މަޝްރޫއުގެ ދެވަނަ ފިޔަވަހީގައި ވޭސްޓް ޓު އެނާޖީ ޓެކްނޮލޮޖީ ތަޢާރަފުކޮށް، ދުވާލަކު އުފެދޭ 774 ޓަނު ކުނީގެ މައްސަލައަށް ހައްލު ހޯދުމަށް މަސައްކަތް ކުރެވޭނެ އެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%