އައްޑޫ ސިޓީ މީދޫގެ ޗަސްބިމުގައި މިއަދު މެންދުރު އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ. މި ހާދިސާގެ މަޢުލޫމާތު މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އަށް ލިބިފައިވަނީ މިއަދު 11:45 ހާއިރުގައި ކަމަށް އެންޑީއެފުނުް ބުންޏެވެ.
އެމްއެންޑީއެފްގެ އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވާ ގޮތުގައި، މި އަލިފާން ނިއްވުމުގެ މަސައްކަތުގައި އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑާއި ހުޅުމީދޫ ފަޔަރ ސްޓޭޝަނުގެ ފަޔަރފައިޓަރުން ވަނީ ހަރަކާތްތެރިވެފައެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވި ކަމަކަށް ރިޕޯޓު ކުރެވިފައެއް ނުވެއެވެ.