ފްލެޓް ލިސްޓާ ގުޅޭ ގޮތުން ޝަކުވާ ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި

އަައިޝަތު ޒީނާ | 3 ގަޑިއިރު ކުރިން - 21:54
ޢިމާރާތްކުރުމާއި، ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. އަބްދު‎الله މުއްޠަލިބް. / ފޮޓޯ: ވުޒާރާ
ޢިމާރާތްކުރުމާއި، ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. އަބްދު‎الله މުއްޠަލިބް. / ފޮޓޯ: ވުޒާރާ
ޚުލާސާ

ފްލެޓް ލިސްޓާއި ގުޅިގެން ޝަކުވާ ހުށަހެޅުމަށް ދީފައިވާ މުއްދަތު 15 އޭޕްރިލް 2025 ވާ އަންގާރަ ދުވަހުގެ 23:59 ހަމައަށް ވަނީ އިތުރުކޮށްފައި.

4000 ފްލެޓް ލިބޭ ފަރާތްތަކުގެ ލިސްޓާއި ގުޅިގެން ޝަކުވާ ހުށަހެޅުމަށް ދީފައިވާ މުއްދަތު ޢިމާރާތްކުރުމާއި، ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން އިތުރުކޮށްފިއެވެ.

އެ ވުޒާރާއިން މިއަދު ކުރި އިޢުލާނެއްގައި ބުނީ 4000 ފްލެޓް ލިބޭ ފަރާތްތަކުގެ ލިސްޓު އެ ވުޒާރާއިން ޞައްޙަކުރުމަށްފަހު، ގެޒެޓްގައި ޝާއިޢުކޮށްފައިވާ ލިސްޓާއި ގުޅިގެން ޝަކުވާ ހުށަހެޅުމަށް ދީފައިވާ މުއްދަތު 15 އޭޕްރިލް 2025 ވާ އަންގާރަ ދުވަހުގެ 23:59 ހަމައަށް އިތުރުކޮށްފައިވާ ކަމަށެވެ.

ވެރިފިކޭޝަނަށްފަހު ނެރުނު ލިސްޓުގައި ޝަރުތު ހަމަނުވާކަމަށް ކަނޑައަޅާފައިވާ ފަރާތްތަކުން ހުށަހަޅާ ޝަކުވާތަކަށް ބަލައި ސަރުކާރުގެ އިދާރާތަކުގައި ހުރި މަޢުލޫމާތުތަކަށް ރިޢާޔަތްކޮށް ޝަރުތު ހަމަވާކަން ސާބިތު ވާނަމަ އެ ފަރާތްތަކަށް ޙައްލު ހޯދައިދެވޭނެ ކަމަށް ވުޒާރާއިން ބުންޏެވެ. އެގޮތުން އެ ފަރާތްތަކުން ޕޯޓަލް ތެރެއިން ތަފްޞީލާއެކު ޝަކުވާ ހުށަހެޅޭނެ ކަމަށް ވުޒާރާއިން ބުންޏެވެ.

މިހާތަނަށް ލިސްޓާއި ގުޅިގެން ހުށަހަޅަމުން ގެންދާ ޝަކުވާތަކަށް ރިޢާޔަތްކޮށް، އެކި ފަރާތްތަކުގެ ކަންބޮޑުވުންތައް ބަލައި ރަނގަޅުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް ވުޒާރާއިން ބުންޏެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%