ވައިގެ މަގުން ސިއްރުން ރާއްޖެއަށް އެތެރެކުރަން އުޅުނު ވޭޕްގެ 2008 އައިޓަމް ކަސްޓަމްސް އިން އަތުލައިގަނެފިއެވެ.
ކަސްޓަމްސް އިން ބުނީ މި ތަކެތި އަތުލައިގަނެފައިވަނީ މި މަހުގެ 12 ވަނަ ދުވަހު ރާއްޖެއަށް އެތެރެކޮށްފައިވާ އެއަރކާގޯ ޝިޕްމެންޓެއްގައި ވޭޕް ފޮރުވާފައި ހުރިކަމަށް ޝައްކުކުރެވިގެން އިތުރަށް ބަލާފާސްކުރުމުގެ ތެރޭގައި ކަމަށެވެ.
ކަސްޓަމްސް އިން ދަނީ މި މައްސަލަ އިތުރަށް ތަޙްޤީޤްކުރުމުންނެވެ.
މި މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައިވާ ކަމުގެ މަޢުލޫމާތެއް ލިބިފައެއް ނުވެއެވެ.
ވައިގެ މަގުން ސިއްރުން ރާއްޖެއަށް އެތެރެކުރަން އުޅުނު ވޭޕް އާއި ވޭޕްކުރަން ބޭނުންކުރާ ސާމާނު ހިމެނޭގޮތަށް 2062 އައިޓަމް ކަސްޓަމްސް އިން މި މަހުގެ 18 ވަނަ ދުވަހުވެސް ވަނީ އަތުލައިގަނެފައެވެ.
އެ ތަކެތި އަތުލައިގަނެފައިވަނީ މެލޭޝިޔާއިން ރާއްޖެ އައި 3 ފަސިންޖަރެެއްގެ ލަގެޖުގައި ވޭޕް އާއި ވޭޕްކުރަން ބޭނުންކުރާ ސާމާނު ފޮރުވާފައި ހުރިކަމަށް ޝައްކުކުރެވިގެން އިތުރަށް ބަލާފާސްކުރުމުގެ ތެރޭގައި ކަމަށް ކަސްޓަމްސް އިން ބުންޏެވެ. ކަސްޓަމްސް އިން ދަނީ އެ މައްސަލަ ވެސް އިތުރަށް ތަޙުޤީޤުކުރަމުންނެވެ.