އޭޝިއަން ކަޕް ކޮލިފައިންއަށް ތައްޔާރުވުމުގެ ގޮތުން ކުޅުނު އެކުވެރިކަމުގެ މެޗެއްގައި އިންޑިއާ ޤައުމީ ފުޓްބޯޅަ ޓީމުން ދިވެހިރާއްޖޭގެ ޤައުމީ ޓީމު 3-0 އިން ބަލިކޮށްފިއެވެ. މި މެޗު ކުޅުނީ އިންޑިއާގެ ޝިލޮންގ ގައެވެ.
މި މެޗުގައި އިންޑިއާގެ ކެޕްޓަންކަން ކުރީ 40 އަހަރުގެ ފޯވާޑް ސުނިލް ޗެތުރީއެވެ.
މެޗުގެ 34 ވަނަ މިނެޓުގައި ޑިފެންޑަރު ރާހުލް ބެކޭ ބޮލުން ފޮނުވާލި ކޯނަރަކުން ބްރެންޑަން ފެނާންޑޭސް ޖެހި ކޯނަރަކުން އިންޑިއާ އަށް 1-0 އިން ލީޑު ނަގައިދިނެވެ. މެޗުގެ 66 ވަނަ މިނެޓްގައި ފޯވާޑް ލިސްޓަން ކޮލާކޯ ވަނީ ރަނގަޅު ބޯޅައަކުން އިތުރު ގޯލެއް ޖަހައި ލީޑު ފުޅާކޮށްފައެވެ. މެޗުގެ 78 ވަނަ މިނެޓްގައި ޗެޓްރީ ޖެހި ގޯލުން ބްލޫ ޓައިގާސް އިން ވަނީ 3-0 އިން މޮޅުވެފައެވެ.
ރާއްޖެއިން ގިނަ މަސައްކަތްތަކެއް ކުރި ނަމަވެސް، އިންޑިއާގެ ވަރުގަދަ ޑިފެންސްގެ ސަބަބުން ގޯލެއް ނުޖެހުނެވެ. ރާއްޖެއިން އެންމެ ރަނގަޅު ފުރުސަތު ހޯދީ 72 ވަނަ މިނެޓްގައި ހަސަން ނަޒީމް (ޗޯޓު) އިންނެވެ.
މިއީ އިންޑިއާއިން ރާއްޖޭގެ މައްޗަށް ހޯދި 13 ވަނަ މޮޅެވެ. މި ދެ ޓީމު ކުޅުނު 19 މެޗުން ރާއްޖެ މޮޅުވެފައިވަނީ 3 މެޗުންނެވެ.
ސްޓެޓިސްޓިކްސް
30 ނޮވެމްބަރު 1987 - އިންޑިއާ 5-0 - ސައުތު އޭޝިއަން ފެޑެރޭޝަން ގޭމްސް
09 ސެޕްޓެމްބަރ 1997 - އެއްވަރުވީ 2-2 އިން - ސައުތު އޭޝިއަން ފުޓްބޯޅަ ފެޑެރޭޝަން (ސާފް) ޗެމްޕިއަންޝިޕް
13 ސެޕްޓެމްބަރ 1997 - އިންޑިއާ 5-1 - ސާފް ޗެމްޕިއަންޝިޕް
17 ނޮވެމްބަރ 1998 - އިންޑިއާ 2-1 - ބައިނަލްއަޤްވާމީ އެކުވެރިކަމުގެ މެޗް
29 އޭޕްރީލް 1999 - އިންޑިއާ 2-1 - ސާފް ޗެމްޕިއަންޝިޕް
04 އޮކްޓޯބަރ 1999 - އިންޑިއާ 3-1 - ސައުތު އޭޝިއަން ފެޑެރޭޝަން ގޭމްސް
08 މެއި 2000 - ރާއްޖެ 1-0 - ގޯލްޑަން ޖުބްލީ މުބާރާތް
14 ޑިސެމްބަރ 2005 - އިންޑިއާ 1-0 - ސާފް ޗެމްޕިއަންޝިޕް
07 ޖޫން 2008 - އިންޑިއާ 1-0 - ސާފް ޗެމްޕިއަންޝިޕް
14 ޖޫން 2008 - ރާއްޖެ 1-0 - ސާފް ޗެމްޕިއަންޝިޕް
10 ޖުލައި 2011 ބައިނަލްއަޤްވާމީ އެކުވެރިކަމުގެ މެޗް 1-1 އިން އެއްވަރު
09 ޑިސެމްބަރ 2011 - އިންޑިއާ 3-1 - ސާފް ޗެމްޕިއަންޝިޕް
25 އޮގަސްޓް 2012 - އިންޑިއާ 3-0 - އިންޓަނޭޝަނަލް ފްރެންޑްލީ މެޗް
09 ސެޕްޓެމްބަރ 2013 - އިންޑިއާ 1-0 - ސާފް ޗެމްޕިއަންޝިޕް
31 ޑިސެމްބަރ 2015 - އިންޑިއާ 3-2 - ސާފް ޗެމްޕިއަންޝިޕް
09 ސެޕްޓެންބަރ 2018 - އިންޑިއާ 2-0 - ސާފް ޗެމްޕިއަންޝިޕް
15 ސެޕްޔެންބަރ 2018 - ރާއްޖެ 2-1 - ސާފް ޗެމްޕިއަންޝިޕް
13 އޮކްޓޯބަރ 2021 - އިންޑިއާ 3-1 - ސާފް ޗެމްޕިއަންޝިޕް
19 މާރޗް 2025 ބައިނަލްއަޤްވާމީ އެކުވެރިކަމުގެ މެޗުގައި އިންޑިއާ 3-0