ވަކިކުރަން ހުށަހަޅާފައިވާ އިމާދު އެމްއެމްއޭއިން އިސްތިއުފާ ދެއްވައިފި

ހުސައިން އިސްމާއިލް | 6 ގަޑިއިރު ކުރިން - 10:28
އަހުމަދު އިމާދު.
އަހުމަދު އިމާދު.
ޚުލާސާ

އިމާދު ވަކިވީ އޭނާ އެ މަޤާމުން ވަކިކުރުމުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުގައި އޮއްވާ. ދައުލަތުގެ މާލީކަންކަން ކުރިއެރުވުމަށް އިމާދުގެ ފަރާތުން އެކަށީގެންވާ އެއްބާރުލުން ނުލިބޭ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ޑެޕިއުޓީ ގަވަރނަރު އަހުމަދު އިމާދު މިއަދު އޭނާގެ މަޤާމުން އިސްތިއުފާ ދެއްވައިފިއެވެ.

އިމާދު އެ މަޤާމުން އިސްތިއުފާ ދެއްވިއިރު އޭނާ ވަކިކުރުމުގެ މައްސަލަ އޮތީ ރައްޔިތުންގެ މަޖިލީހުގައެވެ.

ދިއްދޫ ދާއިރާގެ މެންބަރު އަބްދުލްލަތީފް ހުށަހެޅުއްވި އެ މައްސަލާގައި ބުނެފައިވަނީ އެމްއެމްއޭގެ ކުރީގެ ގަވަރުނަރު އަލީ ހާޝިމް ގާނޫނުން މަތިކޮށްފައިވާ ޒިންމާތައް އަދާ ނުކޮށް ހުންނެވިއިރު، އެކަންކަން ފާހަގަ ކުރުމަށްޓަކައި ގާނޫނުން މަތިކޮށްފައިވާ ޒިންމާތައް އަދާކުރުމަށް ޑެޕިއުޓީ ގަވަރުނަރު އިމާދު މަސައްކަތް ކޮށްފައިވާކަން އެނގެން ނެތް ކަމަށެވެ. އަދި އޭނާ މަގާމުން ވަކި ކުރުމަށް ރައީސަށް ހުށަހަޅަން ނިންމީ ގާނޫނުން އޭނާއަށް ލާޒިމްކޮށްފައިވާ ޒިންމާތައް އަދާކުރުމުގައި ފަސްޖެހިފައިވާތީ ކަމަށް އެ މައްސަލާގައި ބުނެފައިވެ އެވެ.

ދައުލަތުގެ މާލީކަންކަން ކުރިއެރުވުމަށް އިމާދުގެ ފަރާތުން އެކަށީގެންވާ އެއްބާރުލުން ނުލިބޭއިރު، މި ދުވަސްވަރަކީ ސަރުކާރުގެ މަޝްރޫޢުތަކަށް ބިން ގަތުމުގެ އިތުރުން ފައިސާ ހޯދައިގެން އިޤްތިޞާދު ހަމައަކަށް އެޅުވުމަށް އެމްއެމްއޭއިން ކުރަމުންދާ މަސައްކަތްތައް ކުރިއަށްދާ ދަނޑިވަޅެކެވެ


TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%