ހުރިހާ ފަނޑިޔާރުންނަށް އިންސާފުވެރިވާން ޖެހޭ: ރައީސް

ހުސައިން އިސްމާއިލް | 6 ގަޑިއިރު ކުރިން - 15:16
ރައީސް ޑރ. މުޢިއްޒު: ސުޕްރީމް ކޯޓުގެ ފަނޑިޔާރުން މަދުކުރުމާއި މެދު މަޖިލީހުން އަލުން ވިސްނާވަޑައިގަތުމަށް ރައީސް ވިދާޅުވިއިރު، ސުޕްރީމްކޯޓުގެ ބެންޗު ކުޑަކުރުމަކީ ގިނަބަޔަކު އެދޭ ގޮތް ކަމަށް މެންބަރުން ވިދާޅުވޭ.
ރައީސް ޑރ. މުޢިއްޒު: ސުޕްރީމް ކޯޓުގެ ފަނޑިޔާރުން މަދުކުރުމާއި މެދު މަޖިލީހުން އަލުން ވިސްނާވަޑައިގަތުމަށް ރައީސް ވިދާޅުވިއިރު، ސުޕްރީމްކޯޓުގެ ބެންޗު ކުޑަކުރުމަކީ ގިނަބަޔަކު އެދޭ ގޮތް ކަމަށް މެންބަރުން ވިދާޅުވޭ.
ޚުލާސާ

ދުނިޔޭގެ ކުރިއަރާފައިވާ ގިނަ ޤައުމުތަކަށް ބަލާއިރު ނޯވޭ އާއި ފިންލެންޑް އަދި ޑެންމާކު ފަދަ ޤައުމުތަކުގެ ސުޕްރީމް ކޯޓުގައި ތިއްބަވަނީ ޖުމްލަ 5 ފަނޑިޔާރުން.

ރާއްޖޭގެ ސުޕްރީމް ކޯޓަކީ އާބާދީ ނިސްބަތުން ދުނިޔޭގައި އެންމެ ފަނޑިޔާރުން ގިނަ ކޯޓު ކަމުގައި ވިޔަސް، އެ ކޯޓުގެ ފަނޑިޔާރުންގެ ޢަދދު މަދުކުރުމުގެ ބިލު ތަޞްދީޤް ނުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިންސާފުވެރިކަމުގެ މަތިވެރި މިސާލެއް ދައްކަވައިފިއެވެ.

މިއަދު ރައްޔިތުންގެ މަޖިލީހުގައި ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ޢަދަދު 7 އިން 5 އަށް މަދު ކުރުމަށް އެ މަޖިލީހުން މީގެ ކުރިން ފާސްކޮށްފައިވާ ބިލް ރައީސް ތަސްދީްް ނުކުރެއްވި ސަބަބު ބަޔާންކުރައްވައި ރައީސް މުޢިއްޒު އެ މަޖިލީހަށް ފޮނުއްވި ސިޓީގައި އިއްވަވާފައެވެ.

"ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ސުލޫކީ މައްސަލަ ނިންމާފައިނުވާހާ ހިނދު މި ބިލު ތަސްދީގުވެ ގާނޫނަށް އަމަލުކުރަން ފެށުމަށް ފަހު ގާނޫނުގައި ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުން މަގާމަށް ގާބިލުނޫން ކަމަށް ކަނޑައެޅުމުގެ އިޖުރާތު މި ވަގުތު ހިންގުމަކީ އެންމެ އިންސާފުވެރި ހަމަހަމަ ކަމާއެކު ހުރިހާ ފަނޑިޔާރުން ޝާމިލުވާ ގޮތަށް ފަނޑިޔާރުންގެ ގާބިލުކަން ވަޒަންކޮށް ގޮތެއް ކަނޑައެޅުމަށް ފުރުސަތު ގެއްލިގެންދާނެ ކަމެއް" ކަމަށެވެ.

ރައީސް މުޢިއްޒުގެ މި ނިންމެވުމަކީ މަގާމުގައި ތިބި ފަނޑިޔާރުންނާއި ސަސްޕެންޝަނުގައި ތިބި ފަނޑިޔާރުންނަށްވެސް އިންސާފުވެރިކަމާއެކު އަމަލުކުރެއްވުމަށް ރައީސް ދެއްވި އިސްކަމެކެވެ. މީގެ ތެރޭގައި ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުއާއި ފަނޑިޔާރު މަހާޒު އަލީ ހިމެނެއެވެ.

ރައީސް މުއިއްޒުގެ މި ނިންމެވުމަކީ ޝަރުއީ ދާއިރާގެ މިނިވަންކަމާއި މުސްތަގިއްލުކަން ހިމާޔަތްކުރެއްވުމަށް އެޅުއްވި ވަރަށް މުހިންމު ފިޔަވަޅެއްގެ ގޮތުގައި ގިނަ ފަރާތްތަކުން ފާހަގަކުރެއެވެ.

އެނގިފައިވާ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ ގިނަ މެންބަރުން ބޭނުންފުޅުވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ޢަދަދު ފަހަކަށް ތިރިކުރުމަށެވެ.

ދުނިޔޭގެ ކުރިއަރާފައިވާ ގިނަ ޤައުމުތަކަށް ބަލާއިރު ނޯވޭ އާއި ފިންލެންޑް އަދި ޑެންމާކު ފަދަ ޤައުމުތަކުގެ ސުޕްރީމް ކޯޓުގައި ތިއްބަވަނީ ޖުމްލަ 5 ފަނޑިޔާރުންނެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%