ހަށިވިއްކުމުގައި ޙަރާކަތްތެރިވި ބަޔަކު ޑީޕޯޓްކޮށްފި

އުސްތާޛް މުޙައްމަދު ޢަލީ | 7 ގަޑިއިރު ކުރިން - 14:39
ވޯކް ވިސާގައި ރާއްޖޭގައި އުޅެމުން ހަށިވިއްކުމުގެ ވިޔަފާރީގައި އުޅުނު 3 މީހުން. / ފޮޓޯ: އިމިގްރޭޝަން.
ވޯކް ވިސާގައި ރާއްޖޭގައި އުޅެމުން ހަށިވިއްކުމުގެ ވިޔަފާރީގައި އުޅުނު 3 މީހުން. / ފޮޓޯ: އިމިގްރޭޝަން.
ޚުލާސާ

ހަށިވިއްކުމުގެ ވިޔަފާރީގައި އުޅެނިކޮށް ހައްޔަރުކުރީ ވިއެޓްނާމްގެ ދެ އަންހެނުންނާއި ލާއޮސްގެ އަންހެނެއް.

ރާއްޖޭގައި ފުޅާދާއިރާއެއްގައި ހަށިވިއްކުމުގެ ވިޔަފާރި ކުރަމުން ދިޔަ ބިދޭސީންތަކެއް ޑީޕޯޓް ކޮށްފި ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފިއެވެ.

އިމިގްރޭޝަނުން ބުނީ ވިއެޓްނާމްގެ ދެމީހަކާއި ލާއޮސްގެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށާއި އޭގެތެރެއިން ދެމީހުން މިހާރު ޑީޕޯޓްކޮށް، އަނެކަކު ވެސް ޑީޕޯޓް ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އިމިގްރޭޝަނުން 'އެކްސް' ގައި މިއަދު ކުރި ޕޯސްޓެއްގައި ބުނީ އެ 3 މީހުންނަކީ ވޯކް ވިސާގައި އުޅެމުންދިޔަ މީހުން ކަމަށެވެ.

މި ފަހަކަށް އައިސް ހަށިވިއްކުމުގެ ވިޔަފާރީގައި އުޅޭ ބިދޭސީންގެ ދަނީ އިތުރުވަމުންނެވެ. ބިދޭސީން ރާއްޖޭގައި ހަށިވިއްކުމުގެ ވިޔަފާރި ކުރަނީ ދިވެހިންނާއި ގުޅިގެންނެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%