ސުޕްރީމް ކޯޓުގެ ބެންޗާއި ގުޅޭ ބިލް އިޞްލާޙް ކުރަން ފާސްކޮށްފި

ހުސައިން އިސްމާއިލް | 4 ގަޑިއިރު ކުރިން - 13:34
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗަށް ބަދަލު ގެންނަން ހުސަހެޅި ބިލަށް އަލުން ބަހުސްކޮށް އިޞްލާހް ގެންނަން ރައްޔިތުންގެ މަޖިލީހުން ވަނީ ނިންމާފަ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗަށް ބަދަލު ގެންނަން ހުސަހެޅި ބިލަށް އަލުން ބަހުސްކޮށް އިޞްލާހް ގެންނަން ރައްޔިތުންގެ މަޖިލީހުން ވަނީ ނިންމާފަ.
ޚުލާސާ

މަޖިލީހުން ކުރިން ފާސްކޮށްފައި އޮތް ގޮތަށް ބިލް ތަޞްދީޤް ނުކުރައްވައި ބިލާއި ދޭތެރޭ އަލުން ވިސްނަވަން ރައީސް އެންގެވުމުން، މަޖިލީހުން ވަނީ ބިލް އިޞްލާޙް ކުރަން ނިންމާފަ.

ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރަކު ވަކިކޮށް، ފަނޑިޔާރުންގެ ޖުމުލަ ޢަދަދު ހަތަކުން ފަހަކަށް ބަދަލުކުރުމަށް ޤާނޫނަށް ގެނައި އިޞްލާޙްގެ ބިލު އަނބުރާ މަޖިލީހަށް ފޮނުވާލުމާއި ގުޅިގެން، އެ ބިލު އިތުރަށް އިޞްލާހް ކުރުމަށް މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ފޮނުވަން މިއަދު ފާސްކޮށްފިއެވެ.

މި ބިލް އިޞްލާހް ކުރެއްވުމަށް އަލުން ނިންމަން ޖެހުނު ސަބަބަކީ، ކުރިން މަޖިލީހުން އެ ބިލް ފާސްކޮށްފައި ތަޞްދީޤް ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ފޮނުއްވުމުން އޭރުގައި އެއޮތް ގޮތަށް އެ ބިލް ތަޞްދީޤު ކުރައްވަން އެމަނިކުފާނު ބޭނުންވުޅުވެވަޑައިނުގެންނެވުމުންނެވެ.

މި ބިލު މަޖިލީހަށް ހުށަހެޅުއްވީ ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު މުހައްމަދު، އަމިއްލަ ހައިސިއްޔަތުންނެވެ. މިދިޔަ މަހުގެ 26 ވަނަ ދުވަހު މަޖިލީހުން ފާސްކުރި ބިލު އަނބުރާ މަޖިލީހަށް ފޮނުއްވީ ބަންޑާރަ ނައިބު އަހުމަދު އުޝާމް އެއީ ގާނޫނުއަސާސީއާ ފުށުއަރާ ބިލެއް ކަމަށް ރައީސަށް ލަފާ ދެއްވުމާއި ގުޅިގެންނެވެ.


މިއަދުގެ މަޖިލިސް ޖަލްސާގައި ބިލާމެދު އަލުން ވިސްނުމަށް އެދި ރައީސް ޑރ. މުޢިއްޒު ފޮނުއްވި ސިޓީ ރިޔާސަތުން އިއްވުމަށްފަހު، އެ ބިލު އިޞްލާޙް ކުރުމަށް ޖުޑިޝަރީ ކޮމިޓީއަށް ފޮނުވުމާއި ގުޅޭ ގޮތުން ނެގުނު ވޯޓުގައި ފެންނަކަމަށް ވޯޓު ދެއްވީ 50 މެންބަރުންނެވެ. ނުފެންނަ ކަމަށް ވޯޓު ދެއްވީ 7 މެންބަރުންނެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%